ރަތް ކާޑާ އެކު ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް

Jan 8, 2025, 2:59 AM
ރަތް ކާޑާ އެކު ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް

މެޑްރިޑް (ޖެނުއަރީ 8) - މީގެ ހަތަރު ދުވަސް ކުރިން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ވެލެންސިއާ ބަލިކުރި މެޗުގައި ރެއާލްގެ ވިނީޝިއުސް އަށް ދެއްކި ރަތް ކާޑާ އެކު، އޭނާ އިތުރު ދެ މެޗަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.

ރެއާލުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެލެންސިއާ އަތުން ފަހު ވަހުތު މޮޅުވި މެޗުގައި، ވިނީޝިއުސް އަށް ރަތް ކާޑު ދެއްކީ ދެ ވަނަ ހާފުގަ އެވެ. ވެލެންސިއާ މެޗުގެ 79 ވަނަ މިނިޓްގައި ވިނީޝިއުސް އަށް ރަތް ކާޑެއް ދެއްކީ ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމްޓްރިއޭވްސްކީގެ ކަރުގައި ހިފުމުންނެވެ. އަދި އެކަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ ޔަގީންކޮށްފަ އެެވެ.

ލީގުގެ ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ބެލުމަށް ފަހު، ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް ދިނުމުގެ އިތުރުން، އޭނާ އާއި ރެއާލް ވަނީ ޖޫރިމަނާކޮށްފަ އެވެ.

ދާދި ފަހުން ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް އަށް މި ސަސްްޕެންޝަންގެ ސަބަބުން ގެއްލޭނީ ލީގުގެ ދެ މެޗެވެ. އެއީ، ލަސް ޕަލްމާސް އާއި ރެއާލް ވަލޮޑޮލިޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ރެއާލުން ދެން އެންމެ އަވަހަށް ކުޅޭނީ ސްޕެނިޝް ސުޕަ ކަޕްގަ އެވެ. ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ މަޔޯކާއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox