ދިވެހި ޔޫތު ލީގު: ވެލެންސިއާ އިން ޓީސީ ބަލިކޮށްފި، ހުރާ އާއި އީގަލްސް އެއްވަރު

Jan 7, 2025, 4:18 AM
ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް/ އަދަދު ސްޕޯޓްސް

ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް/ އަދަދު ސްޕޯޓްސް

ދިވެހި ޔޫތު ލީގު ބްރޭކަށް ފަހު 16 އަހަރުން ދަށުގެ މެޗުތަކުން ފެށިއިރު، ކްލަބް ވެލެންސިއާ އިން 3-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ކްލަބް އީގަލްސް އާއި ހުރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) 2-2 އިން އެއްވަރުކޮށްފި އެވެ.

ސޯޅަ އަހަރުން ދަށުގެ ލީގުގެ އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދާފައިވާ ވެލެންސިއާ އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ތިން ވަނައިގައި އޮތް ޓީސީ އާއި ހަތަރެއްގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ޓީސީން ތިން މެޗު ކުޅުނުއިރު، މާޒިޔާ އިން ކުޅުނީ ދެ މެޗެވެ.

އީގަލްސް އާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް/ އަދަދު ސްޕޯޓްސް

ލީގުގެ ފަސް ވަނައިގައި އޮތް، އީގަލްސް އާއި ހަ ވަނައިގައި އޮތް ހުރާ އަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، ހަތް ވަަނައިގައި އޮތް ވިކްޓަރީ އާއި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ ލަނޑުތައް ޖެހީ، އީތަން އިބްރާހިމް ޒަކީ، އައިދު މުހައްމަދު ޖަވީޒް އަދި އަލީ އިލާން އަހުމަދު އެވެ.

ރޭ ކުޅުނު މެޗުގައި އީގަލްސްގެ ލަނޑުތައް ޖެހީ، އިސްމާއިލް ނާޒިލް ނަޒީފް އާއި މުހައްމަދު ޔޫހާން ފާއިޒް އެވެ. ހުރާގެ ގޯލުތައް ޖެހީ މުހައްމަދު އިޔާން އަހުމަދު އާއި މުހައްމަދު ސަމްއާން ޝައްމޫން އެވެ.

ދިވެހި ޔޫތު ލީގުގައި މިއަދު ހަވީރު ކުޅޭނީ، 16 އަހަރުން ދަށުގައި، މާޒިޔާ އާއި ސަސް އެވެ. އަދި މިރޭ ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox