ގެއްލުނު 34،000 ކާޓަން ސިނގިރޭޓުގެ ވެރިފަރާތުން 40 މިލިއަން ރުފިޔާ ދައްކަން އަންގައިފި

ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 40 މިލިއަން ރުފިޔާ ދައްކަން ސިނގިރޭޓުގެ ވެރިފަރާތަށް އަންގާފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން "އަދަދު" ނޫހަށް ކަށަވަރު ކޮށްދެއްވި -- އާޓްވޯކް: އިސްމާއިލް އިމްދާދު

ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 40 މިލިއަން ރުފިޔާ ދައްކަން ސިނގިރޭޓުގެ ވެރިފަރާތަށް އަންގާފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން "އަދަދު" ނޫހަށް ކަށަވަރު ކޮށްދެއްވި -- އާޓްވޯކް: އިސްމާއިލް އިމްދާދު

މާލޭގައި ހުރި ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާ ކޮށްފައި ހުއްޓައި 34،500 އެއްހައި ސިނގިރޭޓު ކާޓަން ގެއްލުނު މައްސަލައިގައި އެ ތަކެތީގެ ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 40 މިލިއަން ރުފިޔާ ދައްކަން އެ ސިނގިރޭޓުގެ ވެރިފަރާތަށް ކަސްޓަމްސްއިން އަންގައިފި އެވެ.

ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 40 މިލިއަން ރުފިޔާ ދައްކަން ސިނގިރޭޓުގެ ވެރިފަރާތަށް އަންގާފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން "އަދަދު" ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ.

ސިނގިރޭޓު ގެއްލުނު މައްސަލަައިގައި އެ ތަކެތީގެ ވެރިފަރާތް ޖޫރިމަނާ ކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބޮންޑެޑް ވެއާހައުސްތަކުގައި ހުންނަ މުދާ ބޭރު ކުރެވޭނީ ކަސްޓަމްސްގެ ހުއްދައާއެކު އެވެ. ސަބަބަކީ ބޮންޑެޑް ވެއާހައުސްތަކުގައި މުދަލުގެ ވެރިފަރާތުން އަޅުވާފައި ހުންނަ ތަޅުގެ އިތުރުން ކަސްޓަމްސްގެ ތަޅެއް ވެސް އަޅުވާފައި ހުންނާނެ އެވެ.

ގާނޫނު ބުނާ ގޮތުން ބޮންޑު ކޮށްފައި ހުންނަ މުދަލަކަށް ޑިއުޓީ ދައްކަން ޖެހޭނީ އެ މުދަލެއް ނެރުމުން ނުވަތަ ހަލާކުވެ، ގެއްލޭ ފަދަ ހާލަތެއް މެދުވެރިވުމުންނެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ސިނގިރޭޓުތައް ގެއްލިފައިވަނީ ގާނޫނަށް ބަދަލު ގެނެސް ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމި ފަހުންނެވެ. އެހެންކަމުން އެ ތަކެއްޗަށް ޑިއުޓީ ދައްކަން ޖެހޭނީ ބޮޑުކުރި ރޭޓުގަ އެވެ.

ސިނގިރޭޓުތައް ގެއްލުމާ ގުޅިގެން އެ ތަކެއްޗަށް ޑިއުޓީ އާއި ބަދަލުގެ ގޮތުގައި 40 މިލިއަން ރުފިޔާ ދައްކަން ސިނގިރޭޓުގެ ވެރިފަރާތަށް އެންގުމުގެ އިތުރުން އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސްތައް ހިންގޭ ގޮތަށް އޮތް އޮތުން ވެސް ހޯމް މިނިސްޓަރީން ވަނީ ބަދަލުކޮށްފަ އެވެ.

ސިނގިރޭޓު ގެއްލުނު މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ވެސް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox