ފަހު ވަގުތު ވެލެންސިއާ ބަލިކޮށް ރެއާލް އެއް ވަނަ އަށް

Jan 4, 2025, 5:30 AM
ފަހު ވަގުތު ވެލެންސިއާ ބަލިކޮށް ރެއާލް އެއް ވަނަ އަށް

މެޑްރިޑް (ޖެނުއަރީ 4) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުުތު 2-1 އިން ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރެއާލުން މި މެޗުގެ ނަތީޖާ ބަދަލުކޮށްލީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންނެވެ. އެއީ، ވިނީޝިއުސް ޖޫނިއާ އަށް ދެއްކި ރަތް ކާޑަށް ފަހު 10 ކުޅުންތެރިންނާ އެކު ކުޅެމުންނެވެ.

ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 19 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 19 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ.

ވެލެންސިއާ ދަނޑުގައި ރޭ ކުުޅުނު މެޗުގައި އެ ޓީމުން ވަނީ 27 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ލަނޑު ޖެހީ ހޫގޯ ޑޫރޯ އެވެ. މިއީ، ޖަވީ ގޭރާ ޖެހި ބޯޅައެއް ރެއާލް ކީޕަރު ތިބޯ ކޯޓުއާ އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުން ޑޫރޯ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި ކީލިއަން އެމްބާޕޭ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގެ ތެރޭގައި، ރެއާލަށް މައްސަލަ ދިމާވީ މެޗުގެ 79 ވަނަ މިނިޓްގައި އެ ޓީމުގެ ވިނީޝިއުސް ޖޫނިއާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ވިނީޝިއުސް އަށް ރަތް ކާޑެއް ދެއްކީ ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމްޓްރިއޭވްސްކީ އަށް ހަމަލާ ދިނުމުންނެވެ. އަދި އެކަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ ޔަގީންކޮށްފަ އެެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ރެއާލުން ވަނީ އެޓޭކަށް ޖެހި ތަފާތު ދައްކައިފަ އެވެ. ރެއާލުން އެއްވަރުކުރީ މެޗުގެ 85 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް ޖެހި ގޯލުންނެވެ. އަދި މެޗުގެ އިތުރު ވަގުުުތުގައި ބެލިންހަމް ވަނީ ގޯލު ޖަހައި ރެއާލް މޮޅުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox