ޗެލްސީ އަށް ފަސޭހައިން ޗިލްވެލް ދޫކޮށްލެެވެން ނެތް

Jan 2, 2025, 8:10 AM
ޗެލްސީ އަށް ފަސޭހައިން ޗިލްވެލް ދޫކޮށްލެެވެން ނެތް

ލަންޑަން (ޖެނުއަރީ 2) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ވާތުބެކް، ބެން ޗިލްވެލް ފަސޭހައިން ދޫކޮށްލެވެން ނެތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީން ޗިލްވެލް، 28، ގަތީ، 2020 ވަނަ އަހަރު އޮގަސްޓް މަހު، ލެސްޓާ ސިޓީ އަށް 50 މިިލިއަން ޑޮލަރު ދީފަ އެވެ. ޗިލްވެލް މި ވަގުތު ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ، 2027 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.

މި ސީޒަން ފެށުމުގެ ކުރިން، ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ރަހީމް ސްޓާލިން އާއި ޗިލްވެލް އަކީ އޭނާގެ ޕްލޭނުގައި ނުހިމެނޭ ކުޅުންތެރިން ކަމަށް ބުނެފަ އެވެ. އޭގެ ތެރެއިން ސްޓާލިން ވަނީ އާސެނަލަށް ބަދަލުވެފަ އެވެ. އެކަމަކު، ޗިލްވެލް ޝައުގުވެރިވާ ވަރުގެ ހުށަހެޅުމެއް ނުލިބޭތީ އޭނާ އެ ކްލަބްގައި މަޑުކުރީ އެވެ.

އިއްޔެ އިން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުވިފައިވާ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ކުޅުންތެރިންތަކެއް ވިއްކާލާއިރު، އެ ލިސްޓުގެ ކުރިގައި ޗިލްވެލްގެ ނަން ހިމެނެ އެވެ. ޗިލްވެލް ހޯދަން ހަތަރު ވަރަކަށް ކްލަބެއްގެ އޮފާ ލިބިފައިވާއިރު، ޗެލްސީ އަށް އޭނާ ދޫކޮށްލުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޗެލްސީގައި ޗިލްވެލް ހުރީ ހަފްތާ އަކު، 210،000 ޑޮލަރުގެ މުސާރަ އަކަށެވެ. ޗިލްވެލްއާ އެކު، ޗެލްސީން ހަދާފައިވާ ކޮންޓްރެކްޓްގައިވާ ގޮތުން، އޭނާ އެދިގެން ނޫން ގޮތަކަށް ވިއްކާލެވެނީ، ކޮންޓްރެކްޓްގެ ބާކީ މުއްދަތަށް އޮތް މުސާރަ އެއްކޮށް ހަމަޖައްސައިދީފަ އެވެ.

އެއްބަސްވުމުގައިވާ ގޮތުން، ކޮންޓްރެކްޓް މުއްދަތު ހަމަވުމުގެ ކުރިން، ޗެލްސީ އަށް ޗިލްވެލް ދޫކޮށްލެވެން އޮތީ ދެ ގޮތެކެވެ. އެއީ، އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތް އެއް އަހަރަށް ވާ މުސާރަ އެއްކޮށް ދިނުމަށް ފަހު ނޫނީ، އެހެން ޓީމަކަށް ލޯން އުސޫލެއްގެ ދަށުން ކޮންޓްރެކްޓް ނިމެންދެން ދޫކޮށްލާއިރު، ޗެލްސީން ލިބެމުން އައި މުސާރަ ލިބޭ ގޮތަށް ޑީލް ހަަމަޖައްސައިގެންނެވެ.

މި ސީޒަނުގައި ޗިލްވެލް ކުޅެފައިވަނީ އެންމެ މެޗެއްގަ އެވެ. އެއީ، އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ބަރޯއާ ދެކޮޅަށް ސެޕްޓެމްބަރު މަހު ޗެލްސީން ކުޅުނު ލީގު ކަޕްގެ މެޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox