އެލައިޑް: ދިވެހިންގެ ރައްކާތެރިކަމުގައި 40 އަހަރު

އެލައިޑް އިންޝުއަރެންސް

އެލައިޑް އިންޝުއަރެންސް

ދިވެހި މުޖުތަމައު އާއި ރާއްޖޭގެ އިގްތިސާދާއި ވިޔަފާރީގެ ދާއިރާ ފުޅާވަމުން އައުމާއެކު، ކުރިމަތިވެދާނެ އެކިއެކި ރިސްކްސްތަކުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ފަރާތެއްގެ ބޭނުން އޮތީ ޖެހިފަ އެވެ. ދިވެހިން އިތުބާރުކުރާނެ ދިވެހި ކުންފުންޏެއްގެ މުހިންމުކަން އޮތީ ވިސްނިފަ އެވެ. އެ މަގްސަދުގައި 1985 ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރަންސް ގުޅިގެން "އެލައިޑް އިންޝުއަރަންސް" ވުޖޫދުކުރި އެވެ.

އޭގެ ދެ އަހަރު ފަހުން އެލައިޑުގައި އޮތް އިނގިރޭސި ކުންފުނީގެ ހިއްސާ އެސްޓީއޯއިން ގަނެ، ސައްތައިން ސައްތަ ފަހުރުވެރި، ދިވެހި ކުންފުންޏަކަށް އެލައިޑް އިންޝުއަރަންސް ބަދަލުވެގެން ދިޔަ އެވެ. އެއީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އެވެ. އެސްޓީއޯ ގްރޫޕުގެ ދަށުން ހިންގާ، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އިންޝުއަރަންސް ކުންފުންޏެވެ.

މި އަހަރަކީ އެލައިޑަށް 40 އަހަރު ފުރޭ އަހަރެވެ. މި ދިގު ދަތުރުގައި އެލައިޑުން ވަނީ މުހިންމު ތަޖުރިބާތަކެއް ކޮށްފަ އެވެ. ރާއްޖޭގެ އެތައް ވިޔަފާރިތަކަކަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޒަމާނަށް ފެތޭ އާ ޕެކޭޖްތައް ތައާރަފުކޮށް، ޒަމާނީ އީޖާދީތަކާ އެކު ހިދުމަތް ފުޅާކުރަމުން ޒަމާނީވެފަ އެވެ.

Advertisement

ރާއްޖެއަށް ކުރިމަތިވި އެކިއެކި ނުރައްކާތެރި ހާދިސާތަކުގައި ލިބުނު ގެއްލުން ކުޑަކޮށްދިނުމަށް އެލައިޑުން ވަނީ އިންޝުއަރަންސް މެދުވެރިކޮށް އެހީތެރިކަންދީފަ އެވެ. ނޮވެމްބަރު 3، 1988، ގެ އުދުވާނީ ހަމަލާގައި ކުލީ ސިފައިން ހިފައި އަދި ދިވެހިން ރަހީނުކުރި "ޕްރޮގްރެސް ލައިޓު" ބޯޓުގައި ހުރި ކާގޯ ގެއްލުމާ ގުޅިގެން އެތަކެތީގެ ވެރިން ކްލެއިމްކުރީ އެލައިޑް އިންޝުއަރަންސަށެވެ. މިއީ އެލައިޑުގެ ތަރީހުގައި އެންމެ ފުރަތަމަ ކުރެވުނު ބޮޑު ކާގޯ ކްލެއިމެވެ.

2004 ގެ ސުނާމީ ކާރިސާގައި ވެސް އެކިއެކި ފަރާތްތަކަށް ލިބުނު ގެއްލުންތަކަށް އެލައިޑަށް ކްލެއިމް ކޮށްފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން އެލައިޑުން އިންޝުއަރަންސް ކްލެއިމްގެ ގޮތުގައި 22 މިލިއަނެއްހާ ޑޮލަރުގެ ބަދަލު ދީފައިވެ އެވެ.

ދިވެހީންގެ ސިއްހީ ހިދުމަތްތަކަށް ވެސް އިންޝުއަރަންސްގެ އެހީތެރިކަން ރާއްޖޭގައި ފުރަތަމަ ތައާރަފުކުރީ އެލައިޑުންނެވެ. 2003 ގައި ރާއްޖޭގައި އަލަށް ހެލްތު އިންޝުއަރަންސް ތައާރަފުކޮށް، 2007 ގައި އައިޖީއެމްއެޗާއި އޭޑީކޭއިން ހޯދާ ފަރުވާތަކަށް ކޭޝްލެސް ހިދުމަތް އެލައިޑުން ދޭން ފެށިއެވެ. އަދި 2009 ގައި އައުޓްޕޭޝެންޓު ހިދުމަތްތަކަށް ކޭޝްލެސް ހިދުމަތް އެލައިޑުން ތައާރަފުކުރި އެވެ.

ކޮންމެ ދިވެހި ރައްޔިތަކަށް ދައުލަތުން ބޭސްފަރުވާ ފޯރުކޮށްދޭ "އާސަންދަ" ނިޒާމު ތައާރަފުކޮށް، 2012 ގައި އެ ސްކީމު ހިންގުމަށް އާސަންދަ ކޮމްޕެނީ އުފެއްދީ ސަރުކާރާއި އެލައިޑު އިންޝުއަރަންސްގެ ހިއްސާ އޮވެގެންނެވެ. 2015 ގައި އާސަންދަ ކުންފުނީގެ 100 ޕަސަންޓު ހިއްސާ ސަރުކާރަށް ނެގުމާ ހަމައަށް އެ ސްކީމު ހިންގީ އެލައިޑް އިންޝުއަރަންސްގެ ބައިވެރިވުމާއެކުގަ އެވެ.

އެލައިޑުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން 2008 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ލައިފް އިންޝުއަރަންސްގެ ހިދުމަތް އެލައިޑުން ތައާރަފުކުރި އެވެ. 2014 ގައި ޝަރީއާ ކޮމްޕްލަޔަންޓް އިންޝުއަރަންސް (ތަކާފުލް)ގެ ހިދުމަތް ދިނުމަށް "އަޔާދީ ތަކާފުލް"ގެ ނަމުގައި އިސްލާމިކް ވިންޑޯއެއް ވެސް އުފެއްދި އިރު، 2016 ގައި ޝަރީއާ ކޮމްޕްލަޔަންޓް ލައިފް އިންޝުއަރަންސެއް (ފެމިލީ ތަކާފުލް) ވެސް ތައާރަފުކުރި އެވެ.

ޒަމާނީ އީޖާދުތަކަށް ހޭނުމަށް އެލައިޑުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް އެފަދަ އީޖާދުތައް މެދުވެރިކޮށް ހިދުމަތް ހޯދުމުގެ ފަސޭހަ ގެނެސްދިނުމަށެވެ. 2016 ގައި އެލައިޑުގެ މޯބައިލް އެޕެއް ތައާރަފުކޮށްފައިވާ އިރު، 2018 ވަނަ އަހަރު "މައި އެލައިޑް"ގެ ނަމުގައި ކަސްޓަމަރ ޕޯޓަލްއެއްވެސް އެލައިޑުން ތައާރަފުކުރި އެވެ.

އެލައިޑުގެ 40 އަހަރުގެ ކާމިޔާބު ދަތުރުން ހާމަވާ އެއް ކަމަކީ ދިވެހީންގެ ރައްކާތެރިކަމުގެ އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި ދެމިހުރުމަށް އެލައިޑުން އަޒުމު ކަނޑައަޅައިގެން ހުރި ކަމެވެ. ދެގޮތެއް ނުވެ، މާލީ ހީރާސްތަކުން ރައްކާތެރިކޮށްދޭނެ ފަށަލައެއްގެ ގޮތުގައި އެލައިޑުން އަބަދުވެސް ދެމިހުންނާނެކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox