ޓްރެވަލް ތަކާފުލް: އެލައިޑުން އެދެނީ ނިޔާމަ ޗުއްޓީއަކަށް

Sep 19, 2025, 8:47 AM
އެއާޕޯޓަށް ފުރަން ގޮސް ތިބި ބައެއް --- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓަށް ފުރަން ގޮސް ތިބި ބައެއް --- ފޮޓޯ: އެމްއޭސީއެލް

ދިރިއުޅުމާއި ވަޒީފާގެ އެކިއެކި ކަންކަމުގައި ދުވަސްކޮޅަކަށް ވަރަށް ބިޒީކޮށް އުޅެވިއްޖެ ނޫން ހެއްޔެވެ؟ ދެން އެންމެ އަވަހަށް ޗުއްޓީއަށް ދަނީ ކޮން އިރަކު ހެއްޔެވެ؟ މިހާރު ދަތުރު ރާވަން ފަށައިފިން ހެއްޔެވެ؟ ދަނީ ކޮން ތަނަކަށް ހެއްޔެވެ؟

ޗުއްޓީއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ވިސްނާލަންވާނެ ބައެއް ކަންކަން އެބަ ހުއްޓެވެ. އެއްވެސް ފިކުރެއް ނެތި، ހިތްހަމަޖެހޭ އަދި ނިޔާމަ ޗުއްޓީއެއް ހޭދަކޮށްލުމަށް ޓަކައި ވަރަށް ބައިވަރު ތައްޔާރީތަކެއް ވާން ޖެހެއެވެ. ދަތުރުގައި ކުރަން ބޭނުންވާ ކަންކަން ރާވާލުމެވެ. ބުކިންގް ހެދުމެވެ. ފޮށިތަންމަތި ބަނުމެވެ. އަދި ދަތުރުގައި އުޅޭ އިރު ކުއްލިއަކަށް ކުރިމަތިވެދާނެ ކަމަކުން އަރައިގަތުމަށް ތައްޔާރީތަކެއް ވުމެވެ.

މި ދަންނަވާ ފަދަ، ދަތުރުމަތީގައި އުޅޭ އިރު ކުއްލިއަކަށް ދިމާވެދަނެ ބައެއް ކަންކަމަކީ އެކަމެއް ހިނގުމުގެ ސަބަބުން މުޅި ދަތުރަށް ވެސް އަސަރު ކޮށްފާނެ ކަންކަމެވެ. މިސާލަކަށް، ހަނދާނުން ނުފިލާނެ ފަދަ ޗުއްޓީއެއް ހޭދަކޮށްލުމަށް ބޭރު ގައުމަކަށް ގޮސް ފައިބާ ތަނާ އެއާލައިނުން ތިބާގެ ލަގެޖު ގެއްލުނު ކަމުގެ ޚަބަރު ލިބިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ގެނައި ހުރިހާ ތަކެތި ގެއްލުނީ އެކަންޏެއް ނޫނެވެ. ވީ ގޮތް ބަލަން އެތައް ވަގުތެއް ގެއްލުނީއެވެ. އެތައް ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ. މިވީ ގެއްލުމުގެ ޒިންމާ ނަގާނީ ކިހިނެއް ހެއްޔެވެ؟

Advertisement

އެހެން މިސާލެކެވެ. ޗުއްޓީ ދަތުރުގައި އުޅެނިކޮށް ކުއްލި ގޮތަކަށް އަނިޔާއެއް ވެގެން ބޭސްކުރަން ޖެހިއްޖެ ނަމަ އެއީ ވަރަށް ބޮޑު ދައްޗަކަށް ވާނެއެވެ. ބޭރު ގައުމެއްގައި ބޭސްފަރުވާ ކުރުމަކީ ޖީބަށް ލުއި ކަމަކަށް ނުވާނެއެވެ.

ޗުއްޓީއެއްގައި ދިއުމަށް ތައްޔާރުވާ އިރު، އެލައިޑު ތަކާފުލުގެ ޓްރެވަލް ޕުލޭނެއް ނެންގެވުމުގެ ބޭނުންތެރިކަން ޖެހޭނީ މިހިސާބުންނެވެ. މި ތަކާފުލް ޕްލޭނަކީ މިފަދަ އެމަޖެންސީތަކުގައި އެހީތެރިވެދޭނެ ނިޒާމެވެ. ގެއްލޭ ލަގެޖު ނުވަތަ އަގުހުރި މުދަލުގެ ބަދަލު، ކުއްލިއަކަށް ދިމާވާ ކަމަކާ ހެދި ކުރަންޖެހޭ ބޭސްފަރުވާގެ ޚަރަދު، ނުވަތަ ތައްޔާރުވެފައިވާ ދަތުރު ކެންސަލްވެއްޖެ ނަމަ ނުވަތަ ފްލައިޓު ޑިލޭވެއްޖެ ނަމަ ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް މި ތަކާފުލް ޕްލޭނުން ބަދަލު ލިބޭނެއެވެ.

ޓްރެވަލް ތަކާފުލްގައި މިފަދަ އެކިއެކި ޙާލަތްތަކަށް ޚާއްސަކޮށްގެން ލިމިޓުތަކެއް ކަނޑައަޅާފައި ހުރެއެވެ. ދަތުރު ކެންސަލްވުން، ދަތުރު ކުރުކޮށްލާފައި އެނބުރި ގައުމަށް އަންނަން ޖެހުން، ސިއްހީ ފަރުވާ، ލަގެޖު ނުވަތަ އަގުހުރި އެއްޗެއް ގެއްލުން، ޕާސްޕޯޓު ގެއްލުން، ދަތުރު ޑިލޭވުން، ފްލައިޓު ނުވަތަ ކަނެކްޝަން މިސްވުން، އަދި އެހެނިހެން ކަންކަން ވެސް މި ޕްލޭނުގައި ހިމެނެއެވެ.

މީގެ އިތުރުން ވެސް އޮޕްޝަނަލް ކަވަރޭޖުތަކެއް ވެސް މީގައި ހިމެނެއެވެ. އެގޮތުން ފައިސާ ގެއްލުމުން އޭގެ ބަދަލު، ވިޔަފާރި ދަތުރުތައް (މިސާލަކަށް ކޮންފަރަންސް ތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުތައް) ފަދަ ދަތުރުތަކުގެ ކަވަރޭޖު، ވިންޓަރ ސްޕޯޓްސް އަދި ގޮލްފް ކަވަރޭޖު، ސިޔާސީ ހަމަނުޖެހުމެއް ނުވަތަ ގުދުރަތީ ކާރިސާއެއް ހިނގުމާ ގުޅިގެން އިވެކުއޭޓްކުރަން ޖެހުން، އަދި ކޮވިޑް-19 ކަވަރޭޖު ފަދަ ކަންކަމަށް ދުރާލާ ރައްކާތެރިވެވޭނެ އޮޕްޝަންތައް މި ތަކާފުލް ޕްލޭނުގައި ހިމެނެއެވެ.

އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ފަސޭހައިން، އޮންލައިންކޮށް މި ޕްލޭން ނެންގެވުން އޮންނަ އިރު، މީގައި ހިމެނޭ ތަފާތު ގިންތިތައް ބަލާލައި އެންމެ އެކަށޭނަ ޕްލޭން ޚިޔާރުކުރެއްވުން މުހިންމެވެ. ޓްރެވަލް ތަކާފުލްގައި ހިމެނޭ ތިން ގިންތިއަކީ:-

1. ކޮންޓިނެންޓަލް (އޭޝިއާގެ ހުރިހާ ޤައުމެއް)

2. އެލީޓް (ޔޫއެސް އަދި ކެނެޑާ ފިޔަވާ ދުނިޔޭގެ ހުރިހާ ޤައުމެއް)

3. ޕްރިމިއާ (ދުނިޔޭގެ ހުރިހާ ޤައުމެއް) މިއެވެ.

މި ތިން ގިންތީގައި ވެސް އެކިއެކި ކަންކަމަށް ކަނޑައަޅާފައިވާ ކަވަރޭޖު ލިމިޓުތައް އަޅާކިޔުއްވުމަށް ފަހު، ދަތުރުގެ މަންޒިލާއި ކުރާ ޚަރަދަށް ބަލައި އެންމެ އެކަށޭނަ ޕްލޭނު ޙިޔާރު ކުރައްވަންވީއެވެ.

ޗުއްޓީ ދަތުރަކީ ރައްކާތެރި، ނިޔާމަ ދަތުރަކަށް ވާނީ ދަތުރުވެރިޔާ ވެސް ހުށިޔާރު ވެގެންނެވެ. ދަތުރުމަތީގައި އުނދަގޫތަކެއް ވެސް ކުރިމަތިވެދާނެ ކަމަށް ބަލައި، ކުރިއަށް ވިސްނައި އެކަންކަމަށް ވެސް ތައްޔާރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox