ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑް (ގީފާ) ގެ އެކްސެލެންސް އެވޯޑް އެލައިޑް އިންޝުއަރެންސްގެ އެލައިޑް ތަކާފުލްއަށް ލިބިއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމް އާއި ބޮޑުވަޒީރުގެ ނައިބު ބައިވެރިވި ރަސްމިއްޔާތެއްގައި އެލައިޓް ތަކާފުލްގެ ފަރާތުން އެ އެވޯޑާ ހަވާލުވީ މެނޭޖާ، ފާތިމަތު ނާޒިމާ އެވެ.
އެ އެވޯޑު އެލައިޑް ތަކާފުލްއަށް ލިބުނީ އެތަނުން ދޭ ހިދުމަތުގެ ސައްހަކަމާއި އިޖުތިމާއީ ޒިންމާ އަދި ދޭ އިތުބާރުހުރި ސޮލިއުޝަންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އެލައިޓް ތަކާފުލް އިން ވަނީ އެ ކުންފުނީގެ ކްލައިޓުންނާއި ޕާޓްނަރުން އަދި މުވައްޒަފުން އެ ކުންފުންޏަށް ކުރާ އިތުބާރާއި ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
އެ ކުންފުނިން އަންނަނީ ރާއްޖޭގައި އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ އެލައިޑް ތަކާފުލްއަށް މި އަހަރު ވަނީ 11 އަހަރު ފުރިފަ އެވެ.









