ހުކުމާ އެއްގޮތަށް ދައުލަތަށް އެއް މިލިއަން ރުފިޔާ ދައްކަން އަދީބުގެ މައްޗަށް އަމުރުކޮށްފި

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއިން އެއް މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އޮތުމުން، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އަންގާރަ ދުވަހު ސިިލް ކޯޓުން އަދީބުގެ މައްޗަށް ހުކުމްކުރީ ޑިސެމްބަރު 31، އިން ފެށިގެން ދައުލަތަށް ދައްކަން ޖެހޭ އެއް މިލިއަން ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްކޮށް ދައްކައި ހަލާސް ކުރުމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އުފުލުނު ދެ ދައުވާއަކަށް ކޮންމެ ދައުވާއަކަށް އެއް މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާކުރި އެވެ. އޮކްޓޯބަރު، 5، 2020 ގައި ކުރި ހުކުމުގައި އެ ދެ މިލިއަން ރުފިޔާ ދައުލަތަށް ދައްކައި ހަލާސް ކުރުމަށް އޭރު ދިނީ އެއް މަސް ދުވަހެވެ.

Advertisement

ނަމަަވެސް ހުކުމާ އެއްގޮތަށް އެއް މިލިއަން ރުފިޔާ ދައުލަތަށް ދެއްކައި، ބާކީ ފައިސާ ދައްކައި ހަލާސް ނުކުރާތީ އެޓާނީ ޖެނެރަލް އޮފީހުން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދީ މެއި، 2023 ގަ އެވެ.

އޭރު އަދީބުގެ ފަރާާތުން އެދިފައި ވަނީ ކޮމިޓްމެންޓުގެ ގޮތުގައި ފުރަތަމަ އެއްލައްކަ ރުފިޔާ ހުށަހެޅުމަށް ފަހު، ކޮންމެ މަހަކު 20،000ރ. ގެ މަގުން އެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށެވެ. އެކަމަކު ދައުލަތުން އޭރު އެދުނީ ކޮމިޓްމެންޓުގެ ގޮތުގާ ދެލައްކަ ދެއްކުމަށް ފަހު ބާކީ ބައި 36 މަހަށް ބަހާލައިގެން ދެއްކުމަށެވެ.

އެ މައްސަލައިގައި ދައުލަތުން ފަހުން ވަނީ އަދީބުގެ ފަރާތުން އެ ފައިސާ ދެއްކުމަށް ބޭނުންވާ ގޮތް ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށެވެ. ނަމަވެސް ފަހުން ދައުލަތުން އެދުނީ އެ ފުރުސަތު އަދީބަށް ނުދީ މައްސަލައިގައި ޝަރީއަތުގެ އިތުރު އަޑުއެހުމެއް ނުބާއްވައި ހުކުމްކޮށްދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox