އާނޯލްޑް ވިއްކެން ނެތް ކަމަށް ލިވަޕޫލުން ރެއާލަށް އަންގައިފި

Dec 31, 2024, 6:45 PM
އާނޯލްޑް ވިއްކެން ނެތް ކަމަށް ލިވަޕޫލުން ރެއާލަށް އަންގައިފި

ލިވަޕޫލް (ޑިސެމްބަރު 31) - ޖެނުއަރީ ޓްރާންސްފާ މާކެޓްގެ ތެރޭ ލިވަޕޫލަށް ކުޅޭ އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް، ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ވިއްކާލެވެން ނެތް ކަމަށް ލިވަޕޫލުން އަންގައިފި އެވެ.

މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި އާނޯލްޑަށް އެ ކްލަބުން އެއްބަސްވުން އާ ކުރަން ހުށަހެޅި ހުރިހާ ޕްރޮޕޯސަލަކަށް މިހާތަަނަށް އޭނާ ވަނީ ފުރަގަސްދީފަ އެވެ. ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އާނޯލްޑް އަށް އިނގިރޭސި ނޫން ކްލަބްތަކާ އެކު، ޓްރާންސްފާގެ މަޝްވަރާތައް ކުރެވޭނެ އެވެ. އެއީ، ޖުލައި، 1 ވަނަ ދުވަހު ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބަކަށް ބަދަލުވާ ގޮތަށް ޕްރީ އެގްރީމެންޓެއް ހެދުމަށެވެ.

އެކަމަކު، ރެއާލަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެ ކްލަބުން ވަނީ އާނޯލްޑް ގަންނަން ޖެނުއަރީ މަހު ބިޑެއް ކުރަން ލިވަޕޫލަށް މަޝްވަރާ އަށް ހުށަހަޅައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލުން އަދިވެސް މަސައްކަތްކުރަނީ އާނޯލްްޑްގެ އެއްބަސްވުން އާ ކުރެވޭތޯ އެވެ. އެ ގޮތުން، ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެއްލުމުގެ ބިރު އޮތަސް، އެ ރިސްކު ނަގައިގެން އާނޯލްޑް ލައްވައި އާ ކޮންޓްރެކްޓެއް ހެދޭތޯ ލިވަޕޫލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އާނޯލްޑް ވަނީ ރެއާލާ ގުޅެން ބޭނުންވާ ކަމަށް ލިވަޕޫލަށް އަންގައިފަ އެވެ. އެކަމަކު، އެ ވާހަކަތައް ލިވަޕޫލުން ދޮގުކުރާއިރު، އެންމެ ފަހުން، ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު، އުފާފާޅުކުރިއިރު، އާނޯލްޑް ވަނީ ސްޕެއިނުގެ މީޑިއާ ރިޕޯޓްތަކަށް ރައްދެއް ދީފަ އެވެ.

ލިވަޕޫލްގެ ކޯޗުކަމުގައި ޔާގަން ކްލޮޕް ހޭދަކުރި ނުވަ އަހަރު ތެރޭ، އޭނާ ވަނީ އެކެޑަމީގެ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ ޓީމާ ހަމައަށް ގެނެސްފަ އެވެ. އޭގެ ތެރެއިން، އެންމެ ބޮޑު ތަފާތެއް ދެއްކި ކުޅުންތެރިއަކީ، އާނޯލްޑް އެވެ. މިހާތަނަށް ލިވަޕޫލަށް ކުޅެދިން 333 މެޗުން އާނޯލްޑް ވަނީ އެ ޓީމަށް 20 ގޯލު ޖަހައިދީ 85 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox