ގާޒާގެ އަދުވާން ހޮސްޕިޓަލަށް އިޒްރޭލުން ވަދެގަނެ އެތަން ރޯކޮށްލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Dec 29, 2024, 5:21 AM
އަދުވާން ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދިން ފަހުން: އެތަނުގައި ތިބި ބަލިމީހުން ބޭރުކޮށް، އެތައް ބަޔަކު ބަރަހަނާކޮށް ވަނީ ގަންހިންގުވައިފަ -- ފޮޓޯ: އދ.

އަދުވާން ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދިން ފަހުން: އެތަނުގައި ތިބި ބަލިމީހުން ބޭރުކޮށް، އެތައް ބަޔަކު ބަރަހަނާކޮށް ވަނީ ގަންހިންގުވައިފަ -- ފޮޓޯ: އދ.

އުތުރު ގާޒާގައި ބޭނުން ކުރެވޭ ގޮތަށް ހުރި ހަމައެކަނި ހޮސްޕިޓަލަށް އިއްޔެ އިޒްރޭލުގެ ސިފައިން ވަދެގަނެ، އެތަން ރޯކޮށްލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކަމާލް އަދުވާން ހޮސްޕިޓާ ހިސޯރުކޮށް އެތަން ރޯކޮށްލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ލާއިންސާނީ އަމަލެއް ކަމަށެވެ.

"ސިއްހީ ހިދުމަތްދޭ އެފަދަ ތަންތަނަށް ދޭ ހަމަލާތަކަކީ ހަނގުރާމައިގެ ކުށެއް. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ކަންކަމަށް އިތުރުވި ބޮޅެއް،" ހާރިޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ސަރުކާރުން އދ. ގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް އަނެއްކާ ވެސް ގޮވައިލީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ފިޔަވަޅު އެޅުމަށެވެ. އަދި އެ އަނިޔާވެރިކަން ހުއްޓުވައި، ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ވެސް ސަރުކާރުން ގޮވައިލި އެވެ.

އަދުވާނު ހޮސްޕިޓަލަށް ވަދެގަނެ އިޒްރޭލުން ވަނީ އެތަނުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ. އަބޫ ސަފިއްޔާ ވެސް ހިމެނެ އެވެ. ހޮސްޕިޓަލަށް ވަދެގަނެ އިޒްރޭލުން ވަނީ ބަލިމީހުން އެތަނުން ބޭރުކޮށް، އެތައް ބަޔަކު ބަރަހަނާކޮށް ގަންހިންގުވައިފަ އެވެ.

އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދު ކުރުމުގައި މިހާތަނަށް ވަނީ 45،484 މީހުން މަރާލައިފަ އެވެ. މަރާލި މީހުންގެ ތެރޭގައި ވަރަށް ބޮޑު ބަޔަކީ ކުޑަކުދިންނެވެ. އޭގެ އިތުރުން އިޒްރޭލުގެ ހަމަލާތަކުގައި 108،090 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox