އާ ގަވާއިދުތަކާ އެކު ޓޫރިޒަމަށް ދިމާވެދާނެ ދަތިތައް އެބަ ދިރާސާ ކުރޭ: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: އާ ގަވާއިދުތަކާ އެކު ޓޫރިޒަމަށް ދިމާވެދާނެ ދަތިތައް އެބަ ދިރާސާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: އާ ގަވާއިދުތަކާ އެކު ޓޫރިޒަމަށް ދިމާވެދާނެ ދަތިތައް އެބަ ދިރާސާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ޓޫރިޒަމްއާ ގުޅޭ ގޮތުން އަލަށް ގެނެސްފައިވާ ބަދަލުތަކާ އެކު ޓޫރިމަށް އޭގެ ސަބަބުން އަންނާނެ ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް އެމްއެމްޕީއާރްސީން ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ދެ މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކުރި ރަސްމިއްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ އާ ގަވާއިދުތަކާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ނަންބަރުތަކަށް ކުރާނެ އަސަރުތައް އެމްއެމްޕީއާރްސީން ދެނެގަނެ ހައްލުތައް ހޯދޭނެ ކަމަށެވެ.

"އަންނަ އަހަރުގެ މާކެޓިން ޕްލޭން އެކުލަވާލުމުގައި ވެސް އެމްއެމްޕީއާރްސީން ވަރަށް ބޮޑަށް އަލަށް ހެދުނު ގަވާއިދުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ކުރާނީ ކޮން ކަހަލަ އަސަރުތަކެއްތޯ، އެހެންވީމަ ކޮން ގޮތަކަށްތޯ އަޅުގަނޑުމެން އެކަންކަމުގައި މަސައްކަތް ކުރާނީ," މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ކޮންމެ ކަމެއް ވެސް ވަރަށް ޕޮޒިޓިވްކޮށް އަޅުގަނޑުމެން އެންމެ ގުޅިގެން ޗެލެންޖެސްތަކަށް ހައްލު ހޯދޭނެ ކަމަށް،"

ފައިސަލް ވިދާޅުވީ ޓޫރިޒަމާ ސީދާ ގުޅުންހުރި ކަންކަމަށް ގަވާއިދުތަކެއް ކަނޑައެޅީ އެ ނޫން ގޮތެއް ނެތުމުން ކަމަށާއި އިލްތިމާސަކީ ޓޫރިޒަމް ދާއިރާގައި ތިބި އެންމެން ވެސް ރައިސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދެއްވުން ކަމަށެވެ.

"ދެން މި ވަގުތު ދައުލަތަށް ބައެއް ކަންކަމުގައި ވަރަށް ބޮޑަށް ދަތިވެފައި ހުރީމަ އެ ނޫން ގޮތެއް ނެތިގެން ކުރަން ޖެހުނު ބައެއް ކަނަކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮށްފައި. އަޅުގަނޑުގެ އިލްތިމާސަކީ އިންޑަސްޓްރީން މިހާރު ވެސް ތި ދެއްވާ ގޮތަށް މިއަދުގެ ސަރުކާރަށް ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެއްބާރުލުން ދެއްވުން،" ފައިސަލް ވިދާޅުވި އެވެ.

އެއާޕޯޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ އާއި ޓެކުހުގެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން، މިދިޔަ ޑިސެމްބަރު 1، އިން ފެށިގެން ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީތައް ވަނީ ބޮޑުވެފަ އެވެ.

ސަރުކާރުން ހުށަހަޅައިގެން މި ގާނޫނު ބަދަލުކުރީ ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ މަތިކޮށް، ބޭރު ފައިސާގެ ތާށިކަމަށް ލުޔެއް ހޯދުމުގެ ބޭނުމުގަ އެވެ. މި ބަދަލާއެކީގައި ދައުލަތުގެ ޖުމްލަ އާމްދަނީ ވެސް އިތުރުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.

ދައުލަތުގެ އާމްދަނީ އިތުރު ވިޔަސް، އެއާޕޯޓު ފީ އާއި ޓެކުހަށް ގެނައި ބަދަލުތަކާ މެދު ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުން އެބަހުއްޓެވެ. އަންނަ އަހަރުގެ ތެރޭގައި އެ ސިނާއަތާ ގުޅުން ހުރި އެހެން ޓެކްސްތައް ވެސް ބޮޑު ވާތީ، މީގެ ސަބަބުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވެ އެވެ.

ޓެކުހާއި ފީތައް އަގު ބޮޑުވާތީ، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް ވެސް މިކަން އައިސް، ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވާ ހަބަރުތައް ލިޔެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox