އެއާޕޯޓު ޓާމިނަލް ނިންމަން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

އެއާޕޯޓު އާ ޓާމިނަލްގެ މަސައްކަތްތައް ކުރަމުން ދަނީ. އާ ޓާމިނަލްގެ 85 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައި ---- ފޮޓޯ: އަދަދު ފައިލް

އެއާޕޯޓު އާ ޓާމިނަލްގެ މަސައްކަތްތައް ކުރަމުން ދަނީ. އާ ޓާމިނަލްގެ 85 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައި ---- ފޮޓޯ: އަދަދު ފައިލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ 40 މިލިއަން އެމެރިކާގެ ޑޮލަރު ލޯނެއްގެ ގޮތުގައި އަބުދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ގާތްގަނޑަކަށް 616 މިލިއަން ރުފިޔާގެ މި ލޯނު އެއްބަސްވުމުގައި ދާދިފަހުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ސޮއިކުރައްވާފަ އެވެ. އޭޑީއެފްޑީގެ މަންދޫބެއްގެ ގޮތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އައްސުވައިދެވެ.

އެކުވެރި އަރަބި އިމާރާތައި އޭޑީއެފްޑީން ވެސް ރާއްޖޭގެ ތަރައްގީއަށްވަމުންދާ އެހީތެރިކަމަށް ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޒަމީރު ޝުކުރު އަދާކުރެއްވި އެވެ. ރާއްޖޭގައި ހިންގި މުހިންމު މަޝްރޫއުތަކަށް އެ ފަންޑުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

"މިއީ ދަތުރުފަތުރުގެ ދާއިރާގައި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި، ދަތުރުކުރާ މީހުންނަށް ލިބޭ ތަޖުރިބާ ރަނގަޅު ކުރުމާއި، އަދި ގައުމީ އިގުތިސޯދުގެ މުހިންމު ތަނބެއް ކަމުގައިވާ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް އަޅުގަނޑުމެންގެ ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވަރަށް މުހިންމު މަރުހަލާއެއް," މި ރަސްމިއްޔާތަށް ފަހު ޒަމީރު ވިދާޅުވި އެވެ.

ހުޅުލޭ އެއާޕޯޓު ޒަމާނީކޮށް ތަރައްގީކުރުމަށް ދޭ އިތުރު އެހީތެރިކަމުން ރާއްޖޭގައި ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ޑިމާންޑަށް ފެތޭ ގޮތަށް އެއާޕޯޓުގެ ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޭޑީއެފްޑީގެ ޑިރެކްޓަރު ސައިފް ވިދާޅުވި އެވެ. އޭގެ އިތުރުން ދިވެހި ސަރުކާރާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ފުރަތަމަ މަރުހަލާއަށް ވެސް 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އޭޑީއެފްޑީން ދިންއިރު އަލަށް ހަމަޖެއްސި ލޯނާއެކު އޭޑީއެފްޑީއަށް ދައްކަން ޖެހޭ ދަރަނި 90 މިލިއަން ޑޮލަރަށް އަރާނެ އެވެ.

އެ ފަންޑަކީ އަބޫދާބީގެ ސަރުކާރާ ގުޅިފައިވާ އެ ގައުމުގެ ޝާހީ އާއިލާއިން މެނޭޖުކުރާ ފަންޑެކެވެ. ޖުލައި 15, 1971 ގައި ވުޖޫދުކުރި މި ފަންޑުގެ ޗެއާމަނަކީ އެ ގައުމުގެ ނައިބު ރައީސް އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މަންސޫރު ބިން ޒައިދު އަލް ނަހުޔާން އެވެ.

އެ ފަންޑުގެ މަގްސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ލުއި ލޯނު ދިނުމާއި، ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހިންގުމާއި، ކުރިއަރަމުން އަންނަ ގައުމުތަކަށް އެހީތެރިވުމަށް ކަމަށެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox