ރައުޝާން: ކުޅިވަރުގައި "އާ ޗެލެންޖެއް" ނަގަން ރިވައިވަލް އަށް

Dec 25, 2024, 9:50 AM
ރައުޝާން: ކުޅިވަރުގައި "އާ ޗެލެންޖެއް" ނަގަން ރިވައިވަލް އަށް

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގަމުން އަންނަ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ނައިބު ރައީސަކަށް ހުސެއިން ރައުޝާން ހަމަޖައްސައި، އެ ކްލަބުން އިއުލާނުކޮށްފި އެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ރައުޝާން ދާދި ފަހުން، ވަނީ، ކެރަމްގެ ދުނިޔޭގެ ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފަ އެވެ.

ރިވައިވަލްއާ ގުޅުމާ ބެހޭގޮތުން، ރައުޝާން، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، އެންމެ ފުރަތަމަ ރިވައިވަލް ވުޖޫދުވެގެން އައިއިރު ވެސް އެ ކްލަބްގެ މަގާމެއްގައި ހުރެ ރަސްމީކޮށް މަސައްކަތްތަކާ އެކު ކުރިއަށް ދާން ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

އެހެން ނަަމަވެސް، އެއީ އޭނާ ކެރަމް އެސޯސިއޭޝަން ހިންގުމުގެ އެންމެ އިސް ޒިންމާއެއް ކަމަށްވާ ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި ފުރަތަމަ ދައުުރުގެ ދުވަސްތައް ކަމަށްވާތީ، އޭރު ހުރިހާ ފޯކަސް އެއް ބެހެއްޓީ ކެރަމް އަށް ކަމަށް ރައުޝާން ވިދާޅުވި އެވެ.

އެކަމަކު، ކެރަމް އެސޯސިއޭޝަންގެ ކަންކަން މިހާރު ވަރަށް ރަނގަޅަށް މެނޭޖްކުރެވޭތީއާ އެކު، ރިވައިވަލް އިން ލިބުނު ހުށަހެޅުމަށް އެއްބަސްވެ، އެހެން ކުޅިވަރެއްގެ މަސައްކަތުގައި ވެސް "ޗެލެންޖެއް ނެގުމުގެ" ޝައުގުވެރިކަން އޮތުމުން ރައުޝާން ރިވައިވަލްއާ ގުޅުނީ އެވެ.

"ކްލަބް (ރިވައިވަލް) ހެދިގެން އައިއިރު ވެސް ދެއްކި، އެ ވާހަކަ، ކެރަމް އަށް އޭރު ފުލް ކޮމިޓްމަންޓް ހުރީމަ ނުވީ، މިހާރު ދެ ވަނަ ދައުރު ކެރަމްގައި، އެ ތަން ސްޓޭބަލް ވެފައި އެ އޮތީ، ކެރަމް އަސްލު އޭނީ އޮޓޯ އަށް ލެވިފައި، ކުރަން އައި ހުރިހާ ކަމެއް އެ ހުރީ ރަނގަޅަށް ކުރެެވެން،" ރައުޝާން ވިދާޅުވި އެވެ.

"މިހާރު ޓައިމް އެބައޮތް ރިވައިވަލް އަށް ވެސް ދޭން، އެހެންވެ، ކޮށްދެވެން އޮތް ކަމެއް ވީ އެންމެ ރަނގަޅަށް ކޮށްދޭން މި މަގާމަށް މިއައީ، ބޭނުންވީ އެހެން ޗެލެންޖެއް ވެސް ނަގަން އެހެން ކުޅިވަރުގެ ތެރެއިން، ރިވައިވަލް އަކީ ބެޑްމިންޓަންގައި ރާއްޖޭގެ އެންމެ އެކްޓިވް ކްލަބް،"

ކުރިން ކެރަމް ކުޅުމަށް ފަހު، އަމްޕަޔަރު ކަމުގައި ވެސް މަސައްކަތްކުރި ރައުޝާން، ކެރަމް އެސޯސިއޭޝަން ދުވަހުން ދުވަހަށް ހިންގުމުގެ އިސް ޒިންމާ ގުޅިފައި އޮތް ޖެނެރަލް ސެކްރެޓަރީގެ މަގާމާ އެންމެ ފުރަތަމަ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން، އޭނާ ކެރަމް އެސޯސިއޭޝަން ހިންގުމުގެ އިތުރުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ވަރުގަދަކުރި އެވެ.

ރިވައިވަލް އިން ދެކޭ ގޮތުގައި، ރައުޝާން، އެ ކްލަބްގެ ހިންގާ ކޮމިޓީގެ މަގާމަކަށް އައުމަކީ އިތުރަށް ކަންކަން ރަނގަޅުކުރުމަށް ލިބިގެންދިޔަ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox