ހުލާސާކޮށް އިއްޔެ: އެޗްޑީސީ ކޮރަޕްޝަނުގެ ހާއްޔަކަށް، ނުކުރާކަށް ވައްކަމެއް ނެތް

Dec 25, 2024, 1:05 AM
އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި އަދި އެންމެ ބޮޑު ފައިދާއެއް ލިބޭ ކުންފުނިތަކުގެ ލިސްޓުގެ އެއް ވަނައިގައި އޮތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އެ ކުންފުނީގެ އެންމެ އަގު ބޮޑު ހަރުމުދަލަކީ އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ހިއްކާފައި ހުރި ބިންތަކެވެ. ހުޅުމާލޭގައި ހުރި ހުރިހާ ބިންތަކެއްގެ މިލްކުވެރިޔަކީ އެޗްޑީސީ އެވެ.

އެޗްޑީސީއަކީ, ބިން މަދު، ބޯހިޔާވަހިކަން ތަދު މި ގައުމުގައި އެންމެ ބޮޑު ޒިންމާއެއް މަތިކުރެވިފައި އޮތް ކުންފުންޏެވެ. އެ ކުންފުނިން ކުރާ ހުރިހާ މަސައްކަތެއްމެ ގޮސް ގުޅިލާމެހެނީ ރައްޔިތުންނާ އެވެ. މިހެންކަމުން އެ ކުންފުނިން ކުރާ ހުރިހާ ކަމެއް ނަޒާހާތްތެރިކަމާއެކީ، ދެ ފުށް ފެންނަ ގޮތަށް، ހާމަކަން ބޮޑުކޮށް ކުރަން ޖެހެ އެވެ. އެތައް ހާސް ރައްޔިތުންގެ މަސްލަހަތު އެ ހުރިހާ ކަމެއްގައި ހިމެނޭތީ އެވެ.

ކަން މިހެން ހުރިއިރު، އެ ކުންފުންޏާ ގުޅުވާ މިއަދު މި އިވޭ އަޑުތަކަކީ އިވެން ވާނެ އަޑުތަކެއް ނޫނެވެ. ގޯތިން ވައްކަމެވެ. ފްލެޓުން ވައްކަމެވެ. ބިންތަކުން ވައްކަމެވެ. ވަޒީފާއިން ވައްކަމެވެ. މުދަލާއި ހިދުމަތް ހޯދުމުން ވައްކަމެވެ. ހަދާ އެއްބަސްވުންތަކުން ވައްކަމެވެ. މި ހުރިހާ ކަމަކުން ވެރިންގެ ޖީބަށް ކަޓެވެ. މުޅި ކުންފުނި ކޮރަޕްޝަނުގެ ތެރޭގައި ހިންގަމުންދާ ކަމުގެ ތުހުމަތުތަކެވެ.

ފަޒުލްގެ އާރުކާޓީގެ ދަށުން އެތައް ޖަރީމާއެއް، ހުރިހާ ދިމާލަކުން ޖީބަށް ފައިސާ

އެޗްޑީސީގައި މި ހުރިހާ ކަމެއް ގޯހުންގޯހަށް ދިޔައިރު، އެ ކުންފުނީގައި އެންމެ އިސްކޮށް ހުންނެވީ މީގެ ދެ ދުވަހެއް ކުރިން މަގާމުން އިސްތިއުފާ ދެއްވި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާގެ މައްޗަށް ބައިވަރު ތުހުމަތު ކުރެވޭއިރު، ވަގު ގޯތިތަކުގެ މައްސަލަ ފެންމަތިވެ، އާންމުންގެ ރުޅިގަނޑު ފަޅައިގެން ދިޔުމާ ހަމައަށް އޭނާ ހުންނެވީ މަގާމުގެ ފުރިހަމަ އާރާއިބާރުގަ އެވެ.

ފަޒުލް ހިންގި ކަމަށް ތުހުމަތުކުރެވޭ ކަންކަން ކުރި ކަމަށް އެންމެ ބޮޑަށް ބާރު ލިބެނީ އެޗްޑީސީގެ ޗެއާޕާސަންގެ މަގާމުން ވަކިކުރި އަހުމަދު ޒުހޫރު ފޮނުއްވި ސިޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް ފޮނުއްވި މި ސިޓީގައި އެޗްޑީސީގެ ތެރޭގައި ފަޒުލްގެ ސީދާ ބައިވެރިވުމާއެކީ އެތައް ޖަރީމާއެއް ހިންގަމުން ދިޔަ ކަމަށް ޒުހޫރު ތުހުމަތުކުރައްވާފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox