ކޮތަރު މެދުވެރިކޮށް ސިޓީ ފޮނުވި ޒަމާނުގައިވެސް އެ ސިޓީ ރައްދުވެ އެވެ.

ކޮތަރު މެދުވެރިކޮށް ސިޓީ ފޮނުވި ޒަމާނުގައިވެސް އެ ސިޓީ ރައްދުވެ އެވެ.

މާ އިހު އެވޭލާ ޒަމާނުގައި، ޖޫލިއަސް ސީޒަރގެ ލަޝްކަރު ބޮޑު ހަނގުރާމައެއްގައި އޮތްއިރު، އޭނާ އެ ލަޝްކަރަށް ދޭން ބޭނުންވާ އިރުޝާދުތައް ފޮނުވާކަމަށްވީ ކޮތަރުގެ ހަވާލުގަ އެވެ. އީމެއިލާއި ހޮޓްމެއިލާއި ޖީމެއިލުގެ ވާހަކަ ބަޔަކު ހިޔާލަކަށްވެސް ނުގެންނަ އެ ޒަމާނުގައި، އެ ލަޝްކަރުން ދޭން ބޭނުންވާ މައުލޫމާތުތައް ފޮނުވައި އުޅުނީ ވެސް ކޮތަރު މެއިލްގެ ޒަރީއާއިންނެވެ. ދެފަރާތުންމެ ދޭން ބޭނުންވާ މެސެޖުތައް ދެވި، މައުލޫމާތު ބަދަލުކުރެވުނެވެ. ގައިމު ސިޓީ ނުލިބިގެން ވާންވީ ގޮތެއް ނޭނގިގެން ހަނގުރާމަ ހުއްޓާލާފައި ލަޝްކަރު އެނބުރި އައިސް ބަހަނާއެއް ނުދައްކަ އެވެ. މެސެޖު ރައްދު ނުވެގެން، ކުރާންޖެހޭ ކަމެއް ނުވެގެން އުޅުނު ކަމެއް ވެސް ތާރީހުން ފެންނާކަށް ނެތެވެ.

ކޮތަރު މެދުވެރިކޮށް ސިޓީބިޓީ ފޮނުވުމަކީ ދިގު ތާރީހެއް އޮތް ކަމެކެވެ. ހަނގުރާމައިގެ ހާލަތުތަކުގައި ސިއްރު މެސެޖުތައް ބަދަލުކުރުމަށްވެސް އެއީ މޮޅު އުކުޅަކަށް ވެ އެވެ. އެކަން ކުރުމަށް ހާއްސަ ގޮތެއްގައި ކޮތަރު ތަމުރީނު ކުރެވެ އެވެ. މިކަމަށް ބޭނުންކުރާ އެއް އުކުޅަކީ، ކޮތަރު ދިރިއުޅޭ ތަން ފިޔަވައި އެހެން ތަނަކަށް ކޮތަރު ގެންގޮސް، އެތަނުން ކޮތަރުގެ އަސްލު ވަޒަނަށް މެސެޖު ފޮނުވުމެވެ. ކޮތަރަކީ އެ ދިރިއުޅޭ ތަނަށް އޮޅުވެ، އެތަނަކަށް އާދަވާ އެއްޗެކެވެ. އެހެންވީމާ އެ ކޮތަރު އުޅޭ މަންޒިލް ނޫން ތަނަކަށް ކޮތަރު ގެންގޮސް މެސެޖާއެކު ދޫކޮށްލުމުން އެނބުރި ދާނީ އޭގެ އަސްލު މަންޒިލަށެވެ. ކޮތަރު އެނބުރި އައިސް އުޅޭއިރު އޭގެ ފައިގައި ނޯޓެއް ބަނދެފައިވޭތޯ އެކަން ބަލަންޖެހޭ މީހުން ބަލާނެ އެވެ. މެސެޖެއް އޮތްނަމަ އެ މެސެޖު ލިބެންވާ ފަރާތަށް ރައްދުކުރާނެ އެވެ.

އިންސާނީ ތަހުޒީބުގައި އެންމެ ކުރިއަރައި ދިޔަ އެއް ދާއިރާއަކީ މުވާސަލާތެވެ. ލިޔެކިޔުމުން ފޮނުވަން ފެށުނު ސިޓީބިޓީތައް ޒަމާނަށް ކަޓުވެގެން، މިހާރު އެ ބުނަން ބޭނުންވާ އެއްޗެއް ހިނދުކޮޅެއްގެ ތެރޭގައި، ދުނިޔޭގެ ކޮންމެ ބައްރެއްގައި ހުރި މީހަކަށްވެސް ފޯރުކޮށްދެވޭނޭ މަގު އިންސާނުން އީޖާދުކޮށްފި އެވެ. އެހެންނަމަވެސް އަދިވެސް ރަސްމީ މުއާމަލާތުގައި ސިޓީބިޓީގެ ދައުރު ފަނޑުވެ ނުދެ އެވެ.

ދިވެހި ކޮންމެ ރައްޔިތަކަށްމެ އަނިޔާއެއް ލިބޭނަމަ އެ އަނިޔާއެއްގެ ވާހަކަ ބަޔާންކޮށް ކަމާބެހޭ ވެރިންނަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމުގެ ހައްގު ލިބިގެންވާކަމަށް ކުރީގެ ގާނޫނުއަސާސީގެ 15 ވަނަ މާއްދާގައި އޮވެ އެވެ. އޭރު އެ މާއްދާގެ ދަށުން އިލްތިމާސްތައް ފޮނުވާނީ އަތުން ލިޔެފައިވާ ސިޓީތަކުންނެވެ. ސިޓީއެއް ލިޔުމަކީ ވެސް ކޮންމެކޮންމެ މީހަކަށް ކުރެވޭ ޒާތުގެ ކަމެއް ނޫނެވެ. އަމުދުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ސިޓީއަކަށްވާތީ ފަށުވި އިބާރާތުން އެ ސިޓީ ލިޔެފައި އޮންނާން ކޮންމެ މީހަކުވެސް ބޭނުން ވެއެވެ. އެހެންވެ، އެ ޒިންމާ ހަވާލުކުރެވެނީ އަތު ލިޔުން ރިވެތި، އިބާރާތްކުރަން މޮޅު މީހުންނާ އެވެ. ވަރަށް ގިނަ ރަށްރަށުގައި އެގޮތަށް ސިޓީ ލިޔެދޭ މީހުން އުޅުނެވެ. ދަރުމައަށް ކޮށްދޭ ކަމެއްގެ ގޮތުންނެވެ.

ސިޓީ ލިޔާމީހާ ލިޔެދިނުމުން ދެން އެ ސިޓީ ހަވާލުކުރަނީ މާލެ ދަތުރުކުރާ އޮޑިއެއްގެ ވެރިމީހާއާ އެވެ. އޮޑީގައި އުޅޭ މުރާލި ކުއްޖަކު އެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ނުވަތަ އަތޮޅު މެންބަރުގެ ގެއަށް ގެންގޮސް ދޭނެ އެވެ. އެ ޒަމާނުގައި ފޮނުވާ ސިޓީއެއްގެ ޖަވާބު އައުމަށް ނަގާ މުއްދަތެއް ނެގުމަށްފަހު ޖަވާބުވެސް އާދެ އެވެ. ވާނެންޏާ ވާނެ ވާހަކަ ނުވަތަ ނުވާނެ ވާހަކަވެސް ރައީސް އޮފީހުގެ ބޮޑުކޮޓަރިން ވިދާޅުވާނެ އެވެ. ދެން 'ދަންނަވަން ވިދާޅުވި' ކަމަށް ބުނާ ސިޓީއަކުން އެކަމެއް އެމީހަކަށް އެންގެ އެވެ.

މިޒަމާނުގައި މިހުރި ފަސޭހަތައް ނެތްއިރު ކަންކަން ހަމަޖެހިފައި އޮތްގޮތް މާ ރަނގަޅޭ ހީވެ އެވެ. މިހާރު ރަސްމީ އިދާރާތަކަށް ފޮނުވާ ސިޓީތަކަށް މިހަދަނީ ކުރީގެ ބިޓަށް ފޮނުވާ މެސެޖަށް ހަދާ ގޮތަށެވެ. ފެންނަ ކަމަށްވެސް ނުހަދަނީ އެވެ. މަގުމަތިން ދިމާވެގެން އަހާލީމާ ބުނަނީ އަދި ފޯނު ބަލާނުލެވިގެން އުޅެނީ ކަމުގަ އެވެ. އެކަމަކު ދެތިން މިނެޓެއް ކުރިން އެފްބީ ސްޓޭޓަސް އަޕްޑޭޓްކޮށްފައި އޮންނާތީ ފެނެ އެވެ.

މި ސަރުކާރުގައި ހިންގާފައި ހުރި ބޮޑެތި ވައްކަންތައް ކުއްލިއަކަށް ފަޅާއަރަމުން އެބަ ދެ އެވެ. ބިތުފަންގި ނަގާން ބަޔަކު ނުވެސް އުޅެނީސް ބިތްގަނޑު އަމިއްލައަށް ވެއްޓި ދެ ފަން ދޭތެރެއަށް އުކާފައިހުރި ކެޔޮތޮށިތައް ހެކިބަސް ދެމުން އެބަ ގެންދެ އެވެ. މިކަމެއް ފަޅާއެރުމުގެ މާ ކުރިން، މިކަންކަން މިމަގުން އެބަހަރަ ހިނގަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް އޮތީ ސިޓީއަކުން އެންގިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ބުނާ ސިޓީއެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ. ފޮނުއްވި ކަމެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަތްކަމުގެ ހެކި އެބަހުއްޓެވެ. އެހެންވީއިރު ސިޓީއަށް ވީގޮތް ބެލުން ވާނީ އިތުރު ތަހުގީގަކަށެވެ. އެ ސިޓީ ހަގީގަތުގައިވެސް ރައީސަށް ރައްދު ނުވެ އޮތްނަމަ، ނުވަތަ ސިޓީގެ މައުލޫމާތުވެސް އެނގިވަޑައިނުގެން އޮތްނަމަ އެކަމާ ހަވާލުވެތިބި ބަޔަކު މަގާމުންވެސް އެކަހެރި ކުރެވެން ޖެހެ އެވެ. އެއީ އެވަރުގެ ހިޔާނާތެކެވެ.

ކޮންމެ ދުވަހަކު ހެނދުނު ނުލާހިކު ރީތިކޮށް ނާނޭފުޅުފިއްލަވައިގެން ހުދު ހެދުންކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހަށް އެބަ ވަޑައިގަންނަވަ އެވެ. ހަތްކޮޅުގައި ނޫނަކަސް، އަރިހުގައި ސެކިއުރިޓީންނާއި ފޮޓޯނަގައި ވީޑިއޯ ކުރަން ވަކި ފައުޖެއް އޮވެ އެވެ. އޮފީހަށް ވަޑައިގަތްކަމުގެ ބޮޑު އިއުލާނާއެކު އެއޮތީ އެ ދުވަހަށް އެމަނިކުފާނުގެ މަސައްކަތް ފެށްޓެވިފަ އެވެ. އޮފީހަށް ވަޑައިގެން، މަގޭ ރައްޔިތުން މިއަދު ކިޔައި އުޅެނީ ކީކޭތޯ ނުބައްލަވާނަމަ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ކުރައްވަނީ ވަކި އެހެން ކޮން މަސައްކަތެއް ހެއްޔެވެ؟ ރައްޔިތަކު ކަމަކު ބޭނުންވެގެން ޝަކުވާއެއް ނުވަތަ އާދޭހެއް ކޮށްފައި އޮތްތޯ ބެލުން އެއީ ފުރަތަމަ ވާޖިބު ކަމުގައި ނުވާނެތޯ އެވެ؟ ރައީސް އޮފީހަށް ލިބިފައިވާ ސިޓީއެއް ލިބުނުކަން ރައީސަށް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވުމަކީ ވަޒަރަށްވެސް ޒިންމާދާރުކަން ކުޑަގޮތެކެވެ.

ރާއްޖޭގައި ހިލޭއެހީ ދޭ ބޮޑު ފައުންޑޭޝަނެއް ހިންގާ މަހުޖަނަކު އޭނާގެ އޮފީސް މެނޭޖުކުރައްވާ ގޮތް ތަންކޮޅެއް ގާތުން ދެކުނީމެވެ. ދައުލަތުގެ އެކި މަގާމުތަކުގެ ޒިންމާ އަދާކުރައްވަވަމުން ލިބިވަޑައިގަންނަވާ ވަގުތުތަކުގައި އެ އޮފީހަށް ވަޑައިގަންނަވާނެ އެވެ. އޭރު އޭނާގެ ސެކެރެޓަރީ އޮންނާނީ އިއްޔެ ލިބުނު ހުރިހައި ސިޓީތަކެއް ހުލާސާކޮށްފައި އޭނާގެ މޭޒުކޮޅު މަތީގައި ބަހައްޓާފަ އެވެ. އެހީއަށް އެދި މީހަކު ފޮނުވާފައި އޮންނަ، ހައެއްކަ ސަފުހާގެ ދިގު ސިޓީގެ ތިރީ ކަނުގައި އަތު ލިޔުމުން ސެކެރެޓަރީ ލިޔެފައި އޮންނާނެ އެވެ. "ކެންސަރު ޖެހިގެން. ކީމޯ ހެއްދުމަށް ދާން. ކުރިން އެހީގެ ގޮތުގައި ދެހާސް ޑޮލަރު ދެވިފައިވޭ. އިތުރު އެހީ ބޭނުންވެގެން." ވެރިޔާ ވިދާޅުވާނީ މި ނޯޓެވެ. ދެން ފަންސުރުން ލިޔުއްވާނެ އެވެ. "އެހީތެރިޔަކާއެކު އިންޑިއާ ދެކޮޅު ޓިކެޓާއި ހުރުން ހަމަޖެއްސުމަށް" މިހެން ލިޔުއްވައި ސޮއިކުރައްވަ އެވެ. އެއޮތީ ނުލާހިކު ސާދާ ނިޒާމަކުން އެކަން ހަމަޖެއްސިފަ އެވެ.

ބަޔަކު ފޮނުވާހާ ސިޓީއެއް އަކުރުން އަކުރަށް ވިދާޅުވާކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ވަގުތެއް ނޯންނާނެ އެވެ. އެކަމަކު މިވެނި އެވެނި މީހަކު ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވައިފިކަމާއި، ސިޓީގެ މައުލޫއަކީ ކޮބައިކަން ރައީސަށް އެނގިވަޑައިގަންނަވަން ވާނެ އެވެ. މީގެ އެންމެ އަހަރެއްހައި ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ ނިޒާމު އެކަށައެޅިފައި އޮތްކަމަށް އޭރު ރައީސް އޮފީހުގައި އުޅުއްވި ބޭފުޅުން އެބަ ކަށަވަރުކޮށްދެ އެވެ. އެކަމަކު އެ ނިޒާމު އޭރު އޮތަސް ފަހުން ބޮއްސުންލައި ދިޔައީތާ އެވެ.

ކަމެއް ކުރާން ހަވާލުވާ މީހުންގެ އަދަދު މާ ގިނަވުމަކީވެސް ބައެއް ފަހަރު އެކަމެއް ބޮއްސުންލައިގެން ހިނގައިދާނޭ ކަމަކެވެ. އަދަދުނުވާ ވަރަށް މީހުން ތިއްބަސް ކާކު ކުރާންވީ ކީއްކަން ނޭނގޭނަމަ ކުރާންޖެހޭ ކަމެއް އޮންނާނީ ނުވެ އެވެ. ވީގޮތެއް ވެގެން ދިޔައީ އެވެ. ދެން އޮތީ ހައްލު ކުރުމެވެ. ރައީސް އޮފީހުގައި އެތިބަ ބައިވަރު މުވައްޒަފުންގެ ތެރެއިން މުރާލި ކުއްޖަކު ކުރިއަށް ޖެހިލާފައި، ރައީސުލްޖުމްހޫރިއްޔާއަށް އަންނަހައި ސިޓީއެއް ހުލާސާކޮށް ރައީސަށް ހުލާސާ ޝީޓު ފޮނުވަން ފަށަންވީ އެވެ. އެ ޝީޓުގައި އޮންނާނީ ސިޓީ ފޮނުވި މީހާގެ ނަމާއި އެޑްރެހާއި ހައިސިއްޔަތާއި، ސިޓީގެ މައުލޫއާއި ކުރު ހުލާސާއެކެވެ. ދެން ރައީސްގެ ކޮމެންޓު ޖެއްސެވުމަށް އެއް ރޮނގު ހާއްސަކޮށްފައި ބާއްވަންވީ އެވެ. އެ ރޮނގުގައި "ސިޓީ ފެނުނުކަމަށް ނުހެދުމަށް" ރައީސް ލިޔުއްވައިފިނަމަ ދެން އަޅާނުލާނީ އެވެ. އެކަމަކު ރައްޔިތުން ކަންކަމާ ކަންބޮޑުވެގެން ފޮނުވާ ސިޓީއެއްގެ މައުލޫމާތު ރައީސަށް ސިއްރު ކުރަން ހެޔޮނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox