4000 ފްލެޓުން ވެސް ވައްކަން; ފައިސާ ނަގައިގެން ލިސްޓަށް ނަން ލައިދޭ

4000 ފްލެޓުން ވެސް ވައްކަން; ފައިސާ ނަގައިގެން ލިސްޓަށް ނަން ލައިދޭ

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ލިސްޓު އަލުން އިއުލާނު ކުރާއިރު، ފްލެޓު ކަށަވަރުކޮށް ދޭނެ ކަމަށް ބުނެ ފައިސާ ނަގަމުންދާކަން އެނގިއްޖެ އެވެ.

މި ޖަރީމާގެ އަޑީގައި ތިބީ ހުޅުމާލޭން ގޯއްޗާއި ބިމާއި ވިނަރެސް ފްލެޓުތައް ވިއްކުމުގައި ވެސް އުޅޭ މީހުންނެވެ.

އެ މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި، މިހާރު ނިމިފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކާއި އެ ސްކީމުގެ ދަށުން އިމާރާތް ކުރުން މިހާރު ވެސް ކުރިއަށްދާ ފްލެޓުތައް ލިބޭ 4000 މީހުންގެ އާ ލިސްޓެއް އިއުލާނު ކުރާނެ އެވެ.

"އެ ލިސްޓުގައި ނަން ހިމެނުމަށް ހަމައެކަނި ޝަރުތަކީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ހުށަހަޅާފައިވުން. ފްލެޓު ކަށަވަރުކުރަން ފުރަތަމަ ދޭންޖެހެނީ 35،000ރ.،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކުރާ 3 ކޮޓަރީގެ އެ ފްލެޓުތަކަށް 20،697 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެ އެވެ. އެ ސްކީމުގެ ފުރަތަމަ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ކުރީގެ ސަރުކާރުން ގެޒެޓުކުރި އެވެ. ނަމަވެސް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވޭތުވެދިޔަ ދިޔައިރު އެ ފްލެޓުތައް ހަވާލު ނުކޮށް ހިފަހައްޓާފައި ވަނީ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓު ވިއްކަމުންދާ ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް އެކްސްގައި ވިދާޅުވެފައިވެ އެވެ.

"ކުރީގެ ސަރުކާރުން ދޫކުރަން ނިންމަފައިވާ 4000 ފުލެޓްގެ ތެރެއިން ގިނަ ފުލެޓްތަކެއް 50،000 ގެ ރޭޓުން އެޑްވާންސްއަށް 20،000 ނަގާފައި، ފުލެޓް ލިސްޓު ނެރުނީމަ ބާކީ 30،000 ދޭ ގޮތަށް ފުލެޓް ކޮމެޓިގައި ތިއްބެވި ބޭފުޅުން ފުލެޓްތައް ބަދަލު ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ވާހަކަ ތަކުރާރުކޮށް ވެރިންނަށް ދަންނަވައިފި ކަމަށާއި ނަމަވެސް ދެއްވީ ބީރު ކަންފަތެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު ނިންމަމުންދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، މި އަހަރު ނިމުމުގެ ކުރިން އެ ފްލެޓްތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެފައި ވިޔަސް، މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް އެކަން ފަސްކޮށްފަ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތަކުން ނުވިކި ހުރި 100 އަށް ވުރެ ގިނަ ފްލެޓު، އާންމުކޮށް ހުޅުވާ ނުލައި، ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކާއި، ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ވިއްކަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox