"ފާފަވެރި ގޮތުގައި މުދާ ކެއުމަށްޓަކައި އެ މުދާތައް ވެރިންނަށް ނުދޭށެވެ!"

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ޖަމާއަތެއްގެ ސިފައިގައި ބަޔަކު މީހުން އުޅެމުންދާއިރު، އޭގެ ތެރޭގައި އެކި މިޒާޖުގެ އެކި ވައްތަރު މީހުން އުޅެ އެވެ. ބަލި މީހުންނާއި އެނޫން މީހުން ވަރުގަދަ މީހުންނާއި ނިކަމެތިން އުޅެ އެވެ. އެއް ވެއްޓެއްގައި މި އެންމެން އުޅެމުންދާއިރު އިންސާނީ ތަބީއަތް ނިޔާކުރާ ގޮތުގެ މަތިން ތަފާތު މައްސަލަތައް ވެސް އެކި މީހުންގެ މެދުގައި ޖެހެމުންދެއެވެ. ހަމައެގޮތަށް ދިރިއުޅުމަށް ބޭނުންވާނެ އެކި ވަސީލަތް އެކި މީހުންގެ އަތުގައި އެކި ވަރުކަމަށްޓަކައި އެކި މީހުން އެކި މިންވަރުން ބޭއިންސާފާ ކުރިމަތިލާންޖެހެނީ ވެސް މަދެއްކޮށެއް ނޫނެވެ. 

އިންސާނީ އިޖުތިމާއީ ހާލަތުގެ މި ހަގީގަތް މިގޮތުގެ މަތީން އޮންނަ ކަމަށްޓަކައި ހިޔާރުކުރެވިފައި އޮންނަ މަގަކީ، އެބައިމީހުންގެ ކަންކަން ތަރުތީބު މަގުން އިންސާފުން ހިންގުމަށްޓަކައި ވަކި މީހަކު ނުވަތަ ބަޔަކު އެއީ ވެރިންކަމުގައި ހަދައިގެން ވެރިކަމުގެ ނިޒާމެއްގެ ދަށުން އެ މުޖުތަމައެއް ހިންގަމުން ގެންދިއުމުގެ ފަލްސަފާ އެވެ. ދީނެއް މިއްލަތެއް ގަބޫލުނުކޮށް އުޅޭ އިންސާނުންވެސް މިފަލްސަފާ މިގޮތުގެ މަތީން ބަލައިގަނެފައި ވެ އެވެ. ހަމަ މިގޮތަށް އެންމެހައި ދީން ތަކަކުންވެސް ތަރުހީބު ދިނީ މިގޮތުގެ މައްޗަށް މެއެވެ. އަދި އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީންގައި މި ނިޒާމު މާފުރިހަމަވާނެ ގޮތުގެ މަތީން އެކަށައަޅުއްވައި ގަދަ ކީރިތި ވަންތަ ﷲ ގެ ވަހީބަސްފުޅުތަކުން އެ ނިޒާމުގެ އަސާސްތައް ބަޔާންކުރައްވައި އަންގަވާފައި ވެއެވެ. މިދަންނަވާ ބާވަތުގެ ވެރިކަމުގެ ނިޒާމެއްގެ ބޭނުމަކަށްވެފައި އޮންނަނީ، އެބަޔަކަށް ގުދުރަތީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ލިބޭ، ދިރިއުޅުމަށް ބޭނުންވާނެ ވަސީލަތްތަކާއި މަންފާ ލިބިނެވި އެންމެހާ ތަކެއްޗެއް އިންސާފުވެރި އުސޫލުތަކުން ބެހުމާއި، މުޅި މުޖުތަމައުގެ ވެއްޓާއި ރައްޔިތުން އެންމެހައި ގޮތަކުން ހިމާޔަތް ކުރުމެވެ. ތަފާތު އެކި ނުރައްކާތަކުންނާއި އަނިޔާވެރިންގެ އަނިޔާއިންނާއި ވަގުންގެ ވައްކަންތަކުން ވެސް މެއެވެ. އެހެންކަމާއެކު ވެރިކަން އޭގެ ޒާތުގައި އެއީ ހިޔާނާތާއި ވައްކަމާއި މަކަރާއި އަނިޔާ މެދުވެރި ނުވާނެ ގޮތް ހެދުމެވެ. ހާލަކުން ފަހަރަކު މެދުވެރިވިޔަސް އެކަން ވަގުތުން ހުއްޓުވައި ފިޔަވަޅު އެޅުމާއެކު އެކަމެއް ތަކުރާރުނުވާނެ ގޮތް ހެދުމެވެ. 

ވެރިކަމެއް ކުރާ ބާވަތަކުން ވައްކަން އިތުރުވަމުން ހިޔާނާތް ގިނަވަމުން އަނިޔާތައް އުފަންވެ މުރައްކަބުވަމުން އަންނަ ނަމަ އެއީ ވެރިކަމަކަށް ނުވާނެ އެވެ. އަދި އެޔަށް ވެރިކަން ކިޔަސް އެއީ ވެރިކަމުގެ ނިޒާމުގެ މަގުސަދު ހަމަ އެއްގޮތަކަށް ހާސިލުނުވާނެކިއެއްތަ، ވެރިކަމުގެ ނިޒާމުގެ ދިމާ އިދިކޮޅެވެ. އެފަދަ ވެރިކަމެއް ކުރަނީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ނަމުގައި މިއީ އިސްލާމީ ވެރިކަމެކޭ ކިޔައިގެން ކަމަށްވާނަމަ، އެޔަށްވުރެ ނުރައްކާތެރިކަން ބޮޑު ދޮގު ދައުވާއެއް ބަޔަކު މީހުންނަށް ނުމެކުރެވޭނެ އެވެ! މާތް ﷲ އަހަރެމެން އެންމެން އެކަލާނގެ ގަދަފަދަވެގެންވާ ކޯފާއިން ސަލާމަތްކުރައްވާ ރައްކާތެރިކުރައްވާށި އެވެ!

ވެރިކަމެއްގެ އަސާސީ އެއް ބޭނުމަކީ އެންމެންގެ މުދާ ވައްކަމާއި ހިޔާނާތުން ސަލާމަތްކުރުމެވެ. އެންމެހައި މީސްތަކުންގެ ހައްގުތައް ޝާމިލުވެފައި ހުންނަ މުދަލަށް އިޝާރާތްކުރައްވާ މާތް ނަބިއްޔާ ހަދީސްކުރެއްވި ބަސްފުޅެއްގައި ވެ އެވެ. 'އަދި ހަމަކަށަވަރުން މި މުދަލަކީ ރަނގަޅު އެއްޗެކެވެ. އަދި އޭގެ ހައްގުގޮތުގައި އެ ލިބިގަނެފި ނަމަ އެމީހަކު އެ ލިބިގަންނަނީ އެންމެ ރަނގަޅު އެހީތެރިކަމެވެ. އަދި އެ ލިބިގަންނަނީ ނުހައްގުން ކަމުގައިވާނަމަ އެމީހެއްގެ މިސާލަކީ، ކެޔަސް ބަނޑުނުފުރޭ މީހެއްގެ މިސާލެވެ. މިހަދީސް ބަސްފުޅާމެދު އެންމެ ފުރަތަމަ ނަޒަރުން ވިސްނާލިޔަސް ފާހަގަވާނެ އެއް ކަމަކީ، ނުހައްގުން އާންމު މުދާ ލިބިގަންނަ މީހާގެ މިސާލުގެ ގޮތުގައި މާތް ނަބިއްޔާ އެ ޖެއްސެވި މިސާލެވެ. ކެޔަސް ބަނޑު ނުފުރޭ މީހެއްގެ މިސާލެވެ. ހަމަ އެއްބަޔަކު މިރާއްޖޭގެ ބައިތުލްމާލުން ވައްކަންކުރާ އަޑު އަޅުގަނޑުމެންނަށް މިދިޔަ ފަނަރަވަރަކަށް އަހަރު ތެރޭ ތަކުރާރުކޮށް އިވެމުން ދެ އެވެ. އެވަރެއް އަރުވާ އެލަނީ ކިތަންމެ ވަރަކަށް ކެޔަސް ބަނޑު ނުފުރޭތީ އެވެ. އާދޭހެވެ! މާތް ނަބިއްޔާ އެބަސްފުޅުން ބަޔާންކުރައްވާ ހަގީގަތަކީ އެފަދަ މީހާ އެ ލިބިގަންނަ އެއްޗަކާއި އެއެއްޗަކުން ކުރާ ބޭނުމުގައި ބަރަކާތް ނުލައްވާނެ ކަމެވެ. އާއެކެވެ. ބަރަކާތެވެ. ކަރުހިކުން ފިލަނީ ބޯ ފެނުގައި ބަރަކާތް ހުރެގެންނެވެ. ބަނޑުފުރޭނީ ކާ އެއްޗެއްގައި ބަރަކާތް ހުރެގެންނެވެ. ކިތަންމެ ލާރިއެއް ވަގަށް އެއްކުރިޔަސް އޭގައި ބަރަކާތް ނެތަމަ ލިބޭނެ އުފާވެރިކަމެއް ފުދުންތެރިކަމެއް ނޯންނާނެއެވެ. ވައްކަންކުރުމާއި ކޮޅުދާލި އެއްކުރުމުގައި އުމުރު ނަގާލަންޖެހެނީ އެހެންވެގެންނެވެ. އެމީހުން ހަގީގަތުގައި ހޯދަމުން އެދަނީ އެމީހުންގެ މުދަލާއި އަމަލުގައި އަދި ކުރާ ކަންކަމުގައި ބަރަކާތް ލެއްވުމުގެ ވަސީލަތެވެ. ނަމަވެސް އެއީ ނުހައްގުން ހޯދާ އެއްޗެއްގައި ލެއްވިގެންވާނެ ނުވަތަ ލައްވައިދެވޭ ކަމެއް ނޫނެވެ. 

ޙުނައިން ހަނގުރާމައިގައި މުސްލިމުންނަށް ގިނަގުނަ ޣަނީމާ މުދާ ލިބިގެންދިޔަ އެވެ. ހަނގުރާމަ ނިމުމުން ބޮޑުންގެ ބަޔަކު މާތް ނަބިއްޔާގެ އަރިހަށް އައިސް އާންމު އުސޫލުން ބޭރުން އެބައިމީހުންނަށް ޣަނީމާ މުދަލުން ބައެއް ހާއްސަކުރައްވާތޯ މާތް ނަބިއްޔާއަށް ދެންނެވި އެވެ. ރިވާވެގެންވާ ގޮތުގައި އާލްޢިމްރާން ސޫރަތުގެ 161 ވަނަ އާޔަތް ބާވާލެއްވުނީ މި ހާދިސާއާ ގުޅިގެންނެވެ. އެއާޔަތުގެ މާނައިގައިވަނީ "ޣަނީމާ މުދަލަށް ހިޔާނާތްތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި، މުދަލަށް ހިޔާނާތްތެރިވާ މީހާ އެމީހަކު ހިޔާނާތްތެރިވި ތަކެއްޗާއިގެން ޤިޔާމަތް ދުވަހުން (އެކަލާނގެ ހަޒުރަތަށް) އަންނާނެ އެވެ. ދެން، ކޮންމެ ނަފުސަކަށްމެ އެނަފުސެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެ އެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގަ އެވެ."

މި ރިވާޔަތާއި މި އާޔަތުން ސާފުކޮށް އެނގޭ ގޮތުގައި ބޮޑުންނަށް ބައިއެޅިގެންދާ ގޮތަށް ބައިތުލްމާލުން ވައްކަންކުރުމުގެ މައްޗަށް ބިނާކުރެވޭ ވެރިކަމަކީ އިސްލާމީ ވެރިކަމެއް ނޫނެވެ. އަދި އެއީ އިސްލާމީ ވަންތަ ވެރިކަމެއްގެ ގޮތުގައި ކިތަންމެ ވަރަށް ދައުވާކޮށް އަޑުއެރުވިޔަސް އެސިފަ ލިބިގަނެވޭނެ ވެރިކަމެއް ނޫނެވެ. ﷲ ގެ ހިމާޔަތާއި ރައްކާތެރިކަން ހައްގުވާ ފަދަ ވެރިކަމަކަށް އެފަދަ ވެރިކަމެއް ނުވާނެ އެވެ.އާލްޢިމްރާން ސޫރަތުގެ 160 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "ﷲ ތިޔަބައިމީހުންނަށް ނަސްރުދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއް ނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް ނަސްރުދޭނީ ފަހެ، ކާކުހެއްޔެވެ؟.."

މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެ އެވެ. "ހަމަކަށަވަރުން ﷲ ގެ މުދަލަށް ހައްގަކާ ނުލައި ހުށަހޮޅިގަންނަ ބަޔަކު ވެ އެވެ. ފަހެ އެބައިމީހުންނަށް ގިޔާމަތްދުވަހުގައި ހުރީ އަލިފާނެވެ."

އަޅުގަނޑު އެންމެ ބޭފުޅުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަނީ އަލްބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތާމެދު ވިސްނާފިކުރު ހިންގަވައި އެއާޔަތަށް އަމަލުކުރެއްވުމަށެވެ." އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާތިލު ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ވެރިންނަށް ނުދޭށެވެ!"

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox