ދިވެހި ޔޫތު ލީގު: ސަސް އާއި މާޒިޔާ އަށް މޮޅެއް

ދިވެހި ޔޫތު ލީގުގައި ސަސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އިމޭޖަސް. އެމްވީ

ދިވެހި ޔޫތު ލީގުގައި ސަސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އިމޭޖަސް. އެމްވީ

ދިވެހި ޔޫތު ލީގުގެ 16 އަހަރުން ދަށުގެ ކެޓަގަރީގައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.

މި މުބާރާތުގައި އިއްޔެ ދެ މެޗު ކުޅެފައިވާއިރު, ފުރަތަމަ މެޗުގައި ސަސް އިން ކްލަބް އީގަލްސްގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު, ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ސަސްގެ އަހުމަދު އަފްނާން އަލީ ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަފްނާން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. ސަސްގެ ތިން ވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލޫތު ބިން ހުސެއިން އެވެ. އަދި މެޗު ނިމެން މިނެޓަކަށްވެފައި ހުއްޓަ ސަސްގެ ފަހު ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުالله އައިދާން ސާޖިދު އެވެ.

މީގެ އިތުރުން ރޭ މާޒިޔާ އިން ހުއްރިޔާ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާ އިން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގާދިނީ ލޫތު ޖެހި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ހުއްޓައި ހުއްރިއްޔާގެ އަލީ ސިޒާން އަހުމަދު ގޯލު ޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. މި މެޗުން މާޒިޔާ މޮޅުކޮށްދިން ގޯލު މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުހައްމަދު ލާމިހް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox