ގޯލްޑް ކަޕް: ނައިފަރު އަތުން ތަފާތު މޮޅެއް ހޯދައި އޭދަފުށި ސެމީ އަށް

Dec 18, 2024, 12:53 PM
ގޯލްޑް ކަޕް: ނައިފަރު އަތުން ތަފާތު މޮޅެއް ހޯދައި އޭދަފުށި ސެމީ އަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި، ޅ. ނައިފަރު އަތުން 5-0 އިން ތަފާތު ބޮޑު މޮޅެއް ހޯދައި ބ. އޭދަފުށިން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

މި މެޗަށް ނުކުތްއިރު، އޭދަފުށްޓަށް ލިބިފައި އޮތް އެންމެ ބޮޑު ހިތްހަަމަޖެހުމަކީ، އެ ޓީމުގެ ލިސްޓުގައި ހިމަނާފައިވާ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ހައިޝަމް ހަސަން (ބިޑި)، އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ރިލީސްދީފައި އޮތުމެވެ. ހައިޝަމް އާއި ސެންޓޭ ފުރަތަމަ އެގާރައިގައި ކުޅުނުއިރު، ހަމްޕު ކުޅެން އެރީ ފަހު 25 ވަރަކަށް މިނިޓަށެވެ.

ގަލޮޅު ދަނޑުގައި އޭދަފުށީގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި، އޭދަފުށިން ވަނީ ފުރަތަމަ 25 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެެވެ. މި މެޗުގައި އޭދަފުށިން ލީޑުނެގީ ނައިފަރުގެ އިބްރާހިމް ވިޝާމް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، އޭދަފުށީގެ އައިހަމް ނެގި ހިލޭޖެހުމެއްގައި ވިޝާމް ބޮލުން ޖައްސާލި ބޯޅައެއް ބައިކޮޅަށް ވަން ގޯލެކެވެ.

އޭގެ ފަހުން، މުހައްމަދު ފާސިރު (ފާއްޓޭ) ދިން ބޯޅައަކުން، އޭދަފުށީގެ ސެންޓޭ ވަނީ ނައިފަރުގެ ކީޕަރު، އަބްދުﷲ މުހައްމަދު ކައިރިން ނައްޓާފައި އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ އިރުކޮޅެއް ކުރިން، ސެންޓޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން ހައިޝަމް ފޮނުވާލި ބޯޅަ ކީޕަރު އަބްދުﷲ ވަނީ މަތަކޮށްފަ އެވެ.

އޭދަފުށީގެ ތިން ވަނަ ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން، އައިހަމް ޖެހި ގޯލެކެވެ.

ނައިފަރަށް ލަނޑެއް ޖަހައިދޭން ފުރަތަމަ ހާފުގައި، މަޖުދާން ސޯލިހަށް ލިބުނު ފުރުސަތެއްގައި އޭރިއާތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފުގައި، މެޗުގެ 65 ވަަނަ މިނިޓްގައި، އޭދަފުށިން ހަތަރު ވަނަ ގޯލު ޖެހީ، އިޝާން އިބްރާހިމް (ސައްޓު) ދިން ބޯޅައަކުން ހަނި އޭންގަލަކުން ގޯލަށް ވައްދާލައިގެން ފާއްޓޭ އެވެ. އޭގެ ފަސް މިނިޓް ފަހުން، އައިހަމް ނެގި ހުރަހަކުން ސައްޓު ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި، އޭދަފުށީގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ.

ސެމީ ފައިނަލުގައި އޭދަފުށި ކުޅެން ޖެހޭނީ ކުއާޓާ ފައިނަލުގައި މާލެ ސިޓީ އާއި ކ. ގުރައިދޫ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox