އާޓެޓާ ދެކެނީ ޗެރިޓީ ޝީލްޑަކީ ޓްރޮފީގެ ގޮތުގައި

Dec 18, 2024, 7:14 AM
އާޓެޓާ ދެކެނީ ޗެރިޓީ ޝީލްޑަކީ ޓްރޮފީގެ ގޮތުގައި

ލަންޑަން (ޑިސެމްބަރު 18) - އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް ދެ ފަހަރު ހޯދާފައިވާތީ، އޭނާ އާސެނަލްގައި ހޯދި ޓްރޮފީގެ އަދަދަކީ ތިނެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ ކޯޗުކަމާ 2019 ވަނަ އަަހަރު ހަވާލުވި އާޓެޓާ އެ ކްލަބާ އެކު، އެ ސީޒަނުގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. މިދިޔަ އަހަރުތަކުގައި ލީގަށް ވާދަކުރި އާސެނަލަށް އެ ކާމިޔާބީ ހާސިލްނުވިއިރު، އެ ޓީމުން މުބާރާތެއް ކާމިޔާބު ނުކުރާތީ އާޓެޓާ އަށް ވެސް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ.

އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގެ ކުރިން، އާސެނަލްގައި އާޓެޓާ ހޭދަވި ފަސް އަހަރު ތެރޭ ލިބުނު ކާމިޔާބީ އަކީ އެންމެ ޓްރޮފީއެއް ކަމަށް ބުނުމުން އޭނާ ވަނީ އެ އަށް ރައްދެއްދީފަ އެވެ.

"އަހަރެމެން ޗެރިޓީ ޝީލްޑް ދެ ފަހަރު ހޯދިން، އެހެންވީމަ އެވީ ތިން ޓްރޮފީ،" އާޓެޓާ ބުންޏެވެ.

"އަހަރެމެން ބޭނުން ތި ބުނާ ބޮޑު ޓްރޮފީތައް ވެސް އެ މަސައްކަތް މި ކުރަނީ، މި ޓީމު ކުރިއަރާ މިންވަރު އަހަންނަށް ފެނޭ، ކާމިޔާބީއާ ގާތަށް އެބަދެވޭ، އެ ހާސިލްކުރުން ދެން، އޮތީ،"

އާސެނަލާ އެކު، އާޓެޓާ ވަނީ 2020 އާއި 2023 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް ހޯދައިފަ އެވެ.

އާޓެޓާ ބުނީ، ބޮޑެތި މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ މަސައްކަތުގައި ކުރިއަށްދާއިރު، ލީގު ކަޕް ފަދަ މުބާރާތެއް ހޯދުމަކީ ވެސް ޓީމުގެ ވިސްނުމާއި ކޮންފިޑެންސަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ. އެހެންކަމުން، ލީގު ކަޕްގައި ކާމިޔާބު ހޯދަން ހާއްސަ އަޒުމެއްގައި، މަސައްކަތް ކުރާ ކަމަށާއި މެޗުތަކުގައި ބޭނުންކުރާނީ އެެ އިރެއްގައި އެންމެ ފޯމުގައި ތިބި 11 ކުޅުންތެރިން ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox