މަނާބޭހަކަށް ޕޮޒިޓިވްވެ މުޑްރިކަށް ވަގުތީ ސަސްޕެންޝަނެއް

Dec 17, 2024, 11:34 AM
މަނާބޭހަކަށް ޕޮޒިޓިވްވެ މުޑްރިކަށް ވަގުތީ ސަސްޕެންޝަނެއް

ލަންޑަން (ސެޕްޓެމްބަރު 17) - ޗެލްސީ އަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް، މަނާބޭހަކަށް ޕޮޒިޓިވްވެ، ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.

އިނގިރޭސި އެފްއޭ އިން މިދިޔަ އޮގަސްޓް މަހުގައި ނެގި ރުޓީން ޓެސްޓެއްގައި، މުޑްރިކް، 23، ގެ ސާމްޕަލް ވަނީ މަނާބޭހަކަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އިނގިރޭސި އެފްއޭ އިން ނިންމާފައިވަނީ، އިތުރު ސާމްޕަލެއް ނެގުމަށް ފަހު، އިތުރަށް ކަންކަން ބެލުމަށެވެ. އެ ގޮތުން، ދެ ވަނަ ސާމްޕަލްގެ ޓެސްޓްތައް ނިމެންދެން މުޑްރިކް މި ވަގުތު ހުރީ އިނގިރޭސި އެފްއޭ އިން ދިން ސަސްޕެންޝަނެއްގަ އެވެ.

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޑްރިކްގެ ކަންކަން އެ ކްލަބްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އިނގިރޭސި އެފްއޭއާ އެކު މި ކަމުގެ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.

ޔޫކްރެއިން ގައުމީ ޓީމުގެ ތަރި، މުޑްރިކް، އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އޭނާ އަށް ލިބުނު ޝޮކެއް ކަމަށާއި އެއްވެސް ސިފައެއްގައި މަނާބޭހެއް ބޭނުންކޮށްފައިނުވާނެ ކަމަށެވެ. އަދި އުންމީދަކީ ދެ ވަނަ ސާމްޕަލުން ކަންކަން ސާފުވެގެން ގޮސް ވީ އެންމެ އަވަހަށް ކުޅުމަށް އެނބުރި އައުމަށް ކަމަށް މުޑްރިކް ބުނެފައިވެ އެވެ.

މުޑްރިކް، އެންމެ ފަހުން މެޗެއްގައި ކުޅެފައިވަނީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ޗެލްސީން މި މަހު އެއް ވަނަ ދުވަހު އެސްޓަން ވިލާއާ ކުޅުނު މެޗުގެ ސްކޮޑުގައި މުޑްރިކް ހިމެނުނު ނަމަވެސް އޭނާ ކުޅެން އަރާފައިނުވެ އެވެ.

މީގެ އެއް އަހަރު ކުރިން، އާސެނަލްގެ ޑީލެއް ހައިޖެކްކުރުމަށް ފަހު، ޗެލްސީން މުޑްރިކްގެ ސޮއި ހޯދީ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް 100 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޗެލްސީ އަށް ކުޅުނު 73 މެޗުން މުޑްރިކަށް ޖެހުނީ އެންމެ 10 ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox