ގޯލްޑް ކަޕް: މާލެ ސިޓީ ބަލިކޮށް އަލިފުށްޓަށް ގްރޫޕްގެ އެއް ވަނަ

Dec 16, 2024, 1:09 PM
ގޯލްޑް ކަޕް: މާލެ ސިޓީ ބަލިކޮށް އަލިފުށްޓަށް ގްރޫޕްގެ އެއް ވަނަ

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން 3-1 އިން މާލެ ސިޓީ ބަލިކޮށް ރ. އަލިފުށިން ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މެޗަކީ އިއްޔެ ހަވީރު ކުޅުމަށް އެންމެ ފުރަތަމަ ތާވަލުކުރި މެޗެކެވެ. އެއީ، މި ގްރޫޕްގައި، ޅ. ކުރެންދޫ 1-0 އިން މާލެ މޮޅުވި މެޗުގައި، މާލެ ޓީމުގައި އެހެން ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ދެ ކުޅުންތެރިއަކު ކުޅުވާފައިވާތީ، އެ މައްސަލަ ބަލަން ކުރެންދޫން ހުށަހަޅާފައިވާތީ އެވެ.

ކުރެންދޫން، ގޯލްޑް ކަޕް އިންތިޒާމްކުރާ ނައިންޓީ ޕްލަސް އަށް މައްސަލަ ހުށަހެޅިއިރު، ފާހަގަކޮށްފައިވަނީ މާލެ ސިޓީ ޓީމުގެ އަހުމަދު މާއިޝް ރަޝީދު (މާއި) އާއި އަހުމަދު ނާހިލް އިބްރާހިމް އަކީ ދ. ހުޅުދެލީގެ ރަޖިސްޓަރީގައި އޮތް ދެ ކުޅުންތެރިން ކަމަށެވެ. ކުރެންދޫން ވަނީ އެކަމުގެ ހެކި ވެސް ހުށަހަޅައިފަ އެވެ. އެއީ، ކުރެންދޫ އާއި މާލެ ކުޅުނު މެޗާ ހަމައަށް، މާއި އާއި ނާހިލްގެ ރަޖިސްޓްރީ އޮތީ ހުޅުދެލީ އިރުވާގޭގަ އެވެ. އެ މައްސަލަ ބެލުމަށް ފަހު، ގޯލްޑް ކަޕްގެ ކޮމިޓީން ނިންމީ މާލޭގެ ކުޅުންތެރިންގެ ކަންކަން އޮތީ ރަނގަޅަށް ކަމަށެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާލެ ސިޓީން ލީޑުނެގި އެވެ. މިއީ ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއްގައި ތަޖުރިބާކާރު ޑިފެންޑަރު، އަލީ ޝަރީފް (އައްޔަ) ބޮލުން ޖެހި ގޯލެކެވެ. މާލެ ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ މިސްރު މިޑްފީލްޑަރު، ހަލީލް ޖަމާލް ފޮނުވާލި ޕެނަލްޓީ އަލިފުށީ ކީޕަރު، އަބްދުއްސައްދާދު އާދަމް ވަނީ މަތަކޮށްފަ އެވެ. މިއީ، އޭރިއާތެރެއިން އަލިފުށީގެ ކެޕްޓަން، މުހައްމަދު ރަޝީދު (ހޮކޭ) މާލެ ސިޓީގެ އަލީ ޝިޔާހު (ޝިޔަޅޭ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އަލިފުށްޓަށް އެއްވަރުކޮށްދީނީ އެ ޓީމުގެ ހޮކޭ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލަކުންނެވެ.

ދެ ވަނަ ހާފު ފެށުނުތަނާ މާލެ ސިޓީގެ ޑިފެންޑަރު، ހުސެއިން ފަޔާޒް (ފަޔާ) އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ދެ ވަނަ ހާުފުގެ ބޮޑުބައިގައި މާލެ ސިޓީ އަށް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ފައިދާ އަލިފުށިން ނެގި އެވެ.

އަލިފުށިން ލީޑުނެގީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، އިބްރާހިމް ސަލާމް ޖެހި ގޯލަކުންނެވެ. އަދި އަލިފުށީގެ ތިން ވަނަ ލަނޑު ޖެހީ އެ ޓީމުގެ ފޯވާޑް، އަހުމަދު ހުސާމް (ހުސާންކޮ) އެވެ. އޭނާ އަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލި މާލެ ސިޓީ ޓީމުގެ ކީޕަރު، ހަސަން ތޮލާލް (ޓޮޕްލަކް) ކައިރިން ނައްޓާލުމަށް ފަހު އެވެ.

ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް:

ބ. އޭދަފުށި - ޅ. ނައިފަރު

ކ. ގުރައިދޫ - މާލެ ސިޓީ

ރ. އަލިފުށި - ފުވައްމުލަކު ސިޓީ

އައްޑޫ ސިޓީ - ކ. މާފުށި

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox