އަލިފާނުގެ ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތައް މަޖިލީހަށް ހާޒިރުކުރަނީ

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު، އެ ކޮމިޓީގެ ބައްދަލުވުމެއްގައި: ކޮމިޓީއަށް ހާޒިރުކުރަނީ ފުލުހުންނާއި ސިފައިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު، އެ ކޮމިޓީގެ ބައްދަލުވުމެއްގައި: ކޮމިޓީއަށް ހާޒިރުކުރަނީ ފުލުހުންނާއި ސިފައިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައުސިން، އިންފްރާސްޓްރަކްޗާ އަދި އެންވަރަމެންޓް މިނިސްޓްރީ އަނދައިގެންދިޔަ އަލިފާނުގެ ހާދިސާ އާ ގުޅިގެން ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ފުލުހުންނާއި ޑިފެންސް މިނިސްޓްރީގެ ވެރިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ބުރާސްފަތި ދުވަހު ހާޒިރުކުރަން ނިންމައި އެކަން މެންބަރުންނަށް އަންގައިފި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހިމެނޭ މެންބަރުންނަށް މަޖިލީގެ އިދާރާއިން މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ ކޮމިޓީގެ ބައްދަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އެ ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ސަލީމް ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތް ވަނީ އެއްކޮށް އަނދައިގެން ގޮސްފަ އެވެ. އަދި، އެ އިމާރާތާ އިންވެގެން ހުރި އެންވަރަމެންޓް މިނިސްޓްރީގެ ވެސް ބޮޑުބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފަ އެވެ.

އަލިފާނުގެ އެ ހާދިސާ އާ ގުޅިގެން އެެ ތިން މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން މިހާރު ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ. ތިން މިނިސްޓްރީގެ އިތުރުން އަލިފާނުގެ ހާދިސާގައި އީޕީއޭ އާއި ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ވައިޓަލްސްގެ ހިދުމަތް ދޭ ޑިޕާޓުމެންޓައް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުންނާއި ޑިފެންސް މިިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރަން ނިންމާފައި މިވަނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން އިދިކޮޅު އެމްޑީޕީން ގޮވާލާފައި ވަނިކޮށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޖިނާއީ މައްސަލައެއް ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް އެކަން ހިނގި ގޮތް ދެނެ ގަންނަން ސިފައިންގެ އެހީތެރިކަން ހޯދުމަށް ފުލުހުންގެ އިދާރާގައި އެދި ސިޓީއެއް ފޮނުވާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މި ހާދިސާގައި މިނިވަން ތަހުގީގެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށް ފެނޭ. އެކަމަށް އެދި އަޅުގަނޑުމެން ފުލުހުންނަށް ރިކުއެސްޓެއް އެބަ ކުރަން ޖިނާއީ މައްސަލައެއް ގޮތުގައި މައްސަލަ ތަހުގީގު ކޮށްދިނުމަށް ހާދިސާ ހިނގާފައި ވަނީ ކިހިނެއްތޯ ހޯދުމާ އެކީގައި. އަދި އޭގައި ސިފައިންގެ އެހީތެރިކަމަށް އެދުމާއި ސިފައިން ބައިވެރި ކުރުން އެއީ ވެސް އަޅުގަނޑުމެން އެދޭ ކަމެއް،" މަހުފޫޒް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި އިހުމާލުގެ އަމަލުތައް ފާހަަގަ ކުރެވޭތީ އެކަން ބަލައި ދިނުމަށް އިންޓަގްރިޓީ ކޮމިޝަންގައި އެދޭނެ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

އޭގެއިތުރުން މަހްފޫޒް ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯއްދެވުމަށް ސަރުކާރުން ނިންމިއިރު، ހާދިސާ ހިނގި ސީން ރޫޅާލައި އެތަން ސާފު ކުރުމުން ސުވާލު އުފެދޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox