ގޯލްޑް ކަޕް: އިއްބެގެ ގޯލުތަކާ އެކު ތަފާތު މޮޅެއް ހޯދައި އައްޑޫ ސިޓީ ކުއާޓާ އަށް

Dec 15, 2024, 9:16 PM
ގޯލްޑް ކަޕް: އިއްބެގެ ގޯލުތަކާ އެކު ތަފާތު މޮޅެއް ހޯދައި އައްޑޫ ސިޓީ ކުއާޓާ އަށް

އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ ގޯލުތަކާ އެކު، 7-2 އިން ޅ. ނައިފަރު ބަލިކޮށް ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އައްޑޫ ސިޓީ ޖާގަ ހޯދައިފި އެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި، އައްޑޫ ވަނީ ދ. މީދޫއާ 3-3 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން، މީދޫގެ މައްޗަށް 2-0 އިން ކުރިހޯދައި، ނައިފަރުން ވަނީ ކުއާޓާ ފައިނަލުން ޖާގަ ޔަގީންކޮށްފަ އެވެ. ނައިފަރުން މިރޭ ބޮޑު ތަފާތަކުން އައްޑޫ ސިޓީ ބަލިކުރިނަމަ، މީދޫ އަށް ކުއާޓާ ފައިނަލުން ފުރުސަތު އޮތެވެ. އެކަމަކު، އައްޑޫ ނުކުތީ ވަރަށް ވަރުގަދަ ރޫހަކާ އެކު، އެވެ.

އައްޑޫން ގްރޫޕްގެ އެއް ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ނައިފަރަށް ދެ ވަނަ ލިބުނީ ތިން ޕޮއިންޓުންނެވެ. މި ގްރޫޕުން ކެޓި މީދޫ އަށް އެއް ޕޮއިންޓް ލިބުނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އައްޑޫ ޓީމުގެ ތަރި އަކީ އިއްބެ އެވެ. ކޮންމެ ޓީމަކަށް ވެސް ބޭރުން ދެ ކުޅުންތެރިން ލިސްޓުގައި ހިމަނަން ލިބޭ ފުރުސަތުގައި އައްޑޫން ޖެހީ އިއްބެގެ ނަމެވެ. އިއްބެ ވަނީ ކުޅުނު ކޮންމެ މެޗެއްގައި އައްޑޫ އަށް ތަފާތު ދައްކައިދީފަ އެވެ. އައްޑޫން ފަހަތުން އަރައި މޮޅުވި މެޗުގައި، ނައިފަރު ކޮޅަށް އިއްބެ ޖެހި ހަތަރު ގޯލުގެ ތެރޭގައި އިންޑިވިޖުއަލީ މޮޅު ގޯލުގެ އިތުރުން ޓީމު ގޯލުތައް ވެސް ހިމެނެ އެވެ.

އައްޑޫގެ އަނެއް ތިން ގޯލު ޖެހީ، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އިސްމާއިލް އީސާ (މެސީ) އާއި ހާޒިމް ފައުޒީ (ހަތީ) އެވެ.

މި މެޗުގައި ނައިފަރު ޓީމުގެ ގޯލުތައް ޖެހީ، މެޗުގެ ފުރަަތަމަ ގޯލު ޖެހި، ޒުވާން ގައުމީ ޓީމުގެ ފޯވާޑް، މުހައްމަދު އިޒާން އަލީ އެވެ. އަނެއް ލަނޑު ޖެހީ ނައިފަރުގެ ކެޕްޓަނެއްގެ ގޮތުގައި މި ފަހަރު ފެންނަ ފުރަތަމަ ޑިވިޝަނުގައި ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާ އަދި ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީން ފެނުނު ހުސެއިން ފައިސަލް (ފައިޓޯ) އެވެ.

ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ އަށް ޖާގައިގެ ތެރެއިން، ހަ ޖާގައެއް މި ވަނީ ޔަގީންވެފަ އެވެ. އެއީ، ގުރުއަތުލައިގެން ކުއާޓާ އަށް ދިޔަ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ޅ. ނައިފަރު، ކ. ގުރައިދޫ، ކ. މާފުށި އަދި ބ. އޭދަފުށްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox