ގޯލްޑް ކަޕް: ގުރުއަތުލުން ކާމިޔާބުކޮށް ފުވައްމުލައް ކުއާޓާ ފައިނަލަށް

Dec 15, 2024, 12:16 PM
ގޯލްޑް ކަޕް: ގުރުއަތުލުން ކާމިޔާބުކޮށް ފުވައްމުލައް ކުއާޓާ ފައިނަލަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ގްރޫޕް ސްޓޭޖުގައި ހުރިހާ ގޮތަކުން އެއްވަރުވި، ތ. ތިމަރަފުށްޓާއި ފުވައްމުލަކު ސިޓީގެ މެދުގައި ލި ގުރުއަތުލުން ކާމިޔާބުކޮށް، ފުވައްމުލަކުން ގްރޫޕްގެ ދެ ވަނަ ހޯދައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ފުވައްމުލަކާއި ތިމަރަފުށި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން ތިމަރަފުށި އަތުން 1-0 އިން މޮޅުވެ، ރޭގެ މެޗަށް ނުކުުތްއިރު ވެސް ގުރައިދޫ އަށް އޮތީ ކުއާޓާ ފައިނަލުގެ ޖާގަ ލިބިފަ އެވެ.

ގުރައިދޫން ފުވައްމުލައް 1-0 ބަލިކޮށް ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރިއިރު، މި ގްރޫޕުގެ ދެ ވަނަ ޓީމު ކަނޑަ އެޅީ މިއަދު ހަވީރު ދަނޑުގައި ބޭއްވި ގުރުއަތުލުމަކުންނެވެ. ގުރުއަތުލާން ޖެހުނީ، ފުވައްމުލަކާއި ތިމަރަފުށި ހުރިހާ ގޮތަކުން އެއްވަރުވުމުންނެވެ.

މިއާ އެކު، ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ އަށް ޖާގައިގެ ތެރެއިން، ފަސް ޖާގައެއް މި ވަނީ ޔަގީންވެފަ އެވެ. އެއީ، ފުވައްމުލަކުގެ އިތުރުން ޅ. ނައިފަރު، ކ. ގުރައިދޫ، ކ. މާފުށި އަދި ބ. އޭދަފުށްޓެވެ.

އަލިފުށްޓާއި މާލެ ސިޓީ ކުޅޭ މެޗު ފަސްކޮށްފި؛ މާލެ ސިޓީގެ މައްސަލައެއް ބަލަނީ!

ގޯލްޑް ކަޕްގައި މިއަދު ހަވީރު ކުޅެން އޮތް މާލެ ސިޓީ އާއި ރ. އަލިފުށި ބައްދަލުކުރަން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ، މި ގްރޫޕްގައި، ޅ. ކުރެންދޫ 1-0 އިން މާލެ މޮޅުވި މެޗުގައި، މާލެ ޓީމުގައި އެހެން ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ދެ ކުޅުންތެރިއަކު ކުޅުވާފައިވާތީ، އެ މައްސަލަ ބަލަން ކުރެންދޫން ހުށަހަޅާފައިވާތީ އެވެ.

ކުރެންދޫން، ގޯލްޑް ކަޕް އިންތިޒާމްކުރާ ނައިންޓީ ޕްލަސް އަށް މައްސަލަ ހުށަހެޅިއިރު، ފާހަގަކޮށްފައިވަނީ މާލެ ސިޓީ ޓީމުގެ އަހުމަދު މާއިޝް ރަޝީދު (މާއި) އާއި އަހުމަދު ނާހިލް އިބްރާހިމް އަކީ ދ. ހުޅުދެލީގެ ރަޖިސްޓަރީގައި އޮތް ދެ ކުޅުންތެރިން ކަމަށެވެ. ކުރެންދޫން ވަނީ އެކަމުގެ ހެކި ވެސް ހުށަހަޅައިފަ އެވެ. އެއީ، ކުރެންދޫ އާއި މާލެ ކުޅުނު މެޗާ ހަމައަށް، މާއި އާއި ނާހިލްގެ ރަޖިސްޓްރީ އޮތީ ހުޅުދެލީ އިރުވާގޭގަ އެވެ.

މި މައްސަލައިގައި ކުރެންދޫ އަށް އަދި ރަސްމީ ޖަވާބެއް ލިބިފައިނުވާއިރު، މި ގްރޫޕްގެ މިއަދުގެ މެޗުގައި އަލިފުށިން މާލެ ސިޓީއާ ދެކޮޅަށް ކުޅެން ނުކުތުމުގެ ކުރިން އަލި އަޅުވާލީ މެޗަށް އެ ޓީމުން ތައްޔާރުވާންވީ ހާލަތެއް ސާފުނުވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox