އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން އައްޔަނުކޮށްފި

އެފްއެސްއެމްގެ އެމްޑީއަކަށް އައްޔަނު ކުރި ފާތިމަތު އާޝާން: އޭނާ ވަނީ މީގެ ކުރިން މިފްކޯގެ އިތުރުން އެސްޓީއޯގައި މަސައްކަތް ކުރައްވާފައި -- ފޮޓޯ: އެސްޓީއޯ

އެފްއެސްއެމްގެ އެމްޑީއަކަށް އައްޔަނު ކުރި ފާތިމަތު އާޝާން: އޭނާ ވަނީ މީގެ ކުރިން މިފްކޯގެ އިތުރުން އެސްޓީއޯގައި މަސައްކަތް ކުރައްވާފައި -- ފޮޓޯ: އެސްޓީއޯ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ އެމްޑީއަކަށް ފާތިމަތު އާޝާން މިއަދު އައްޔަނު ކުރައްވައިފި އެވެ.

އެފްއެސްއެމްގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމަށް ޑިސެމްބަރު 5، 2023 ގައި އައްޔަނު ކުރި އިސްމާއިލް ސުހައިލް މިދިޔަ ނޮވެމްބަރު 26، ގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

"އަދަދު" ނޫހަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ސުހައިލް އިސްތިއުފާ ދިނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަލަމުން ދަނިކޮށެވެ.

Advertisement

އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. ތެޔޮ އިމްޕޯޓުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ތެޔޮ ފޯރުކޮށްދެނީ އެފްއެސްއެމްއިންނެވެ.

އާޝާން ވަނީ ކުރިން އެސްޓީއޯގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމާއި އެޗްއާރުގެ ހެޑްކަން އަދި މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ފުރުއްވާފަ އެވެ.

އާޝާން ވަނީ 1993 އިން 1994 އަށް އޮސްޓްރޭލިއާގެ ހޯބާޓް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެންޑް ފާދާ އެޑިއުކޭޝަންގައި ފުރިހަމަ ކުރެއްވި ބިޒްނަސް (އިންފޮމޭޝަން ޓެކްނޮލޮޖީ) ޑިޕްލޮމާ ކޯހުން އެ އިންސްޓިޓިއުޓްގެ އެންމެ މޮޅު ގްރެޖުއޭޓްގެ މަގާމު ހޯއްދަވައި 1995 ގައި ސަރުކާރުން ދެއްވާ ހާއްސަ އިނާމު ކާމިޔާބު ކުރައްވާފަ އެވެ.

އޭގެއިތުރުން މެލޭޝިޔާގެ ކޭޑީޔޫ ކޮލެޖުގައި 2002 އިން ފެށިގެން 2003 އަށް މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުން އެއްވަނަ ހޯއްދަވައި 2004 ގައި ސަރުކާރުން ދެއްވާ ހާއްސަ އިނާމު ވެސް އާޝާން ކާމިޔާބު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox