ވަޔެކާނޯ އިން ރެއާލް ހުއްޓުވައިފި

Dec 15, 2024, 5:37 AM
ވަޔެކާނޯ އިން ރެއާލް ހުއްޓުވައިފި

މެޑްރިޑް (ޑިސެމްބަރު 15) - ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އިން 3-3 އިން އެއްވަރުކޮށް، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަަނަ އަށް އެރިޔަ ނުދީ ހުއްޓުވައިފި އެވެ.

ރޭގެ މެޗުން މޮޅުވެގެން ރެއާލަށް ލީގުގެ އެއް ވަނަ އަށް އަރަން ފުރުސަތު އޮތެވެ. އެކަމަކު، އެއްވަރުވެ، ދެ ޕޮއިންޓް ގެއްލުމުން ރެއާލް އޮތީ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 17 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލަށް 17 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ.

ވަޔެކާނޯ ދަނޑުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިިނިޓްގައި އުނާއީ ލޮޕޭޒް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި އަބްދުލް މޫމިން ވަނީ ވަޔެކާނޯގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގައި ވަޔެކާނޯ އިން ދެ ވަނަ ގޯލު ޖެހިތާ ތިން މިނިޓް ފަހުން ރެއާލުން ފުރަތަމަ ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ 39 ވަނަ މިނިޓްގައި ފެޑެެރީކޯ ވަލްވޭޑޭ އެވެ. މިއީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން ވަލްވޭޑޭ ޖެހި ގޯލެކެވެ.

އަދި ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޖޫޑް ބެލިންހަމް ވަނީ ލަނޑު ޖަހައި ރެއާލަށް އެއްވަރުކޮށްދީފަ އެެވެ. މިއީ ލީގުގައި ބެލިންހަމް ޖެހިޖެހިގެން ލަނޑު ޖެހި ހަ ވަަނަ މެޗެވެ. މިއީ، 2016 ވަނަ އަހަރު ކަރިމް ބެންޒެމާ އަށް ފަހު ލީގުގައި ޖެހިޖެހިގެން ރެއާލްގެ ކުޅުންތެރިއަކު ހަ މެޗުގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

އަނިޔާގެ ސަބަބުން ކީލިއަން އެމްބާޕޭ ނުލައި ރެއާލުން ކުޅުނު މި މެޗުގައި، އެ ޓީމަށް ދެ ވަނަ ހާފުގައި ލީޑުނަގައިދިނީ ރޮޑްރީގޯ އެވެ. އެކަމަކު، ވަޔެކާނޯގެ އިސީ ޕަލާޒޯން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްދީފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox