ބަރަހަނާ މަންޒަރެއް ދެއްކިގެން ޕީއެސްއެމްއިން މައާފަށް އެދިއްޖެ

ޕަބްލިކް ސާވިސް މީޑިއާ: ބަރަހަނާ މަންޒަރެއް ދެއްކުމަށްފަހު ޕީއެސްއެމްއިން ވަނީ މައާފަށް އެދިފައި -- ފޮޓޯ: އަދަދު

ޕަބްލިކް ސާވިސް މީޑިއާ: ބަރަހަނާ މަންޒަރެއް ދެއްކުމަށްފަހު ޕީއެސްއެމްއިން ވަނީ މައާފަށް އެދިފައި -- ފޮޓޯ: އަދަދު

މިދިޔަ އަންގާރަ ދުވަހު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބްރޯޑްކާސްޓުކުރި އިނގިރޭސި ހަބަރު ސެގްމަންޓުގައި ބަރަހަނާ މަންޒަރެއް ދެއްކިގެން އެ ކުންފުނިން މައާފަށް އެދި، އިހުމާލުވި ދެ މުވައްޒަފަކު ސަސްޕެންޑު ކޮށްފި އެވެ.

ޕީއެސްއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދެއްކުނު މަންޒަރަކީ ކުންފުނީގެ ކޮންޓެންޓް ޕޮލިސީ އާއި އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ސީރިއަސް މައްސަލައެއް ކަމަށެވެ.

"މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ބެލުމަށްފަހު، މި މައްސަލައިގައި އިހުމާލުވި ދެ މުވައްޒަފަކު ސަސްޕެންޑުކޮށް، އެ މުވައްޒަފުންގެ މައްސަލަ މިހާރު ވަނީ ކުންފުނީގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާ، އެ މައްސަލަ ބަލާ، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފޮނުވިފައި،" ބަޔާނުގައިވެ އެވެ.

ޕީއެސްއެމްއިން ބުނީ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި މިހާރު އަމަލު ކުރަމުންދާ އެސްއޯޕީތައް އިސްލާހުކޮށް، މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތްތަކަށް ކުންފުނީގެ އޮޕަރޭޝަނަލް ކަންކަން ތަރުތީބު ކުރަމުންދާ ކަމަށެވެ.

ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ގުރުއާނުގެ ކަލިމައެއް އުނިވެފައިވާތީ، އެ މައްސަލަ ބެލުމަށްފަހު އެކަމުގައި އިހުމާލުވި މުވައްޒަފުންތަކެއް މިދިޔަ ހަފްތާގައި ސަސްޕެންޑުކޮށް މައާފަށް އެދުނެވެ.

ޕީއެސްއެމްއިން ބުނީ ގުރުއާނުގެ ކަލިމައެއް އުނިވީ ލައިވްކޮށް ގެނެސްދިންއިރު އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ސިގްނަލް ބަދަލުކުރުމުގެ ތެރޭގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox