ގޯލްޑް ކަޕް: ގުރައިދޫ އަށް އެއް ވަނަ، ތިމަރަފުށްޓާއި ފުވައްމުލަކުގެ މެދުގައި ގުރަކަށް

Dec 14, 2024, 7:37 PM
ގޯލްޑް ކަޕް: ގުރައިދޫ އަށް އެއް ވަނަ، ތިމަރަފުށްޓާއި ފުވައްމުލަކުގެ މެދުގައި ގުރަކަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިރޭ ފުވައްމުލަކު ސިޓީ 1-0 އިން ބަލިކޮށް، ކ. ގުރައިދޫން ގްރޫޕްގެ އެއް ވަނަ ހޯދިއިރު، މި ގްރޫޕުން ދެން ކުއާޓާ ފައިނަލްގެ ޖާގަ ލިބޭ ޓީމެއް ކަނޑައަޅަން ތ. ތިމަރަފުށްޓާއި ފުވައްމުލަކުގެ މެދުގައި ގުރުއަތުލާން ޖެހިއްޖެ އެވެ.

މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ފުވައްމުލަކާއި ތިމަރަފުށި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން ތިމަރަފުށި އަތުން 1-0 އިން މޮޅުވެ، މިރޭގެ މެޗަށް ނުކުުތްއިރު ވެސް ގުރައިދޫ އަށް އޮތީ ކުއާޓާ ފައިނަލުގެ ޖާގަ ލިބިފަ އެވެ. ގުރައިދޫން ފުވައްމުލައް ބަލިކޮށް ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރިއިރު، މި ގްރޫޕުގެ ދެ ވަނަ ޓީމު ކަނޑައަޅާނީ ގުރުއަތުލުމަކުންނެވެ. އެއީ، ފުވައްމުލަކާއި ތިމަރަފުށި ހުރިހާ ގޮތަކުން އެއްވަރުވުމުންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ޝުއޫން އެވެ. ހާފުގެ މެދެއްހާ ހިސާބުން ގުރައިދޫގެ މުހައްމަދު ނާއިމް ފޮނުވާލި ހިލޭ ޖެހުމަކުން، ފުވައްމުލަކު ކުޅުންތެރިއަކު ގައިގައި ޖެހިފައި ޝޫއޫން އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުވައްމުލަކުން ވެސް ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި، ގުރައިދޫގެ ކީޕަރު، އަހުމަދު ސަމީރު ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެވެ. އެ ގޮތުން، ފުވައްމުލަކު ޓީމުގައި ހިމެނޭ މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ގާނާގެ ފޯވާޑް، ކޯފީ އޮވޫސޫ ފޮނުވާލި ހަމަލާއެއް ވެސް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ގުރައިދޫ އަށް ކުޅޭ ޒުވާން ގައުމީ ޓީމުގެ މިޑްފީލްޑަރު، އިޝްއާފް މުހައްމަދު ފިރާގު ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ އަށް ޖާގައިގެ ތެރެއިން، ހަތަރު ޖާގައެއް ވަނީ ޔަގީންވެފަ އެވެ. އެއީ، ޅ. ނައިފަރު، ކ. ގުރައިދޫ، ކ. މާފުށި އަދި ބ. އޭދަފުށްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox