ގޯލްޑް ކަޕް: ފެންވަރު ދައްކާލައި އޭދަފުށި ކުއާޓާ އަށް

Dec 14, 2024, 2:40 PM
ގޯލްޑް ކަޕް: ފެންވަރު ދައްކާލައި އޭދަފުށި ކުއާޓާ އަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު މޮޅުވާން މަޖުބޫރު މެޗަކަށް ނުކުމެ، ބ. އޭދަފުށިން ފެންވަރު ދައްކާލައި 4-1 އިން ހއ. ދިއްދޫ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުން އޭދަފުށި ވަނީ 2-0 އިން ކ. މާފުށި އަތުން ބަލިވެފަ އެވެ. ގްރޫޕްގެ ދެ ވަނަ މެޗުގައި ދިއްދޫން ވަނީ 2-0 އިން މާފުށި ބަލިކޮށްފަ އެވެ. އެހެންކަމުން، މިއަދުގެ މެޗަށް ނުކުތްއިރު ކުއާޓާ ފައިނަލުގެ ޖާގައެއް ބޭނުންނަމަ އޭދަފުށްޓަށް މަދުވެގެން ދެ ގޯލުގެ ފަރަގަކުން މޮޅުވުން ނޫން ގޮތެއް ނެތެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗަށް އޭދަފުށިން ގިނަ އަދަދެއްގެ ސަޕޯޓަރުން އަ އެވެ. އެ ސަޕޯޓަރުންގެ ހިތްވަރުގެ އިތުރުން، ދެން ޓީމަށް ލިބުނު ފުރިހަމަ ކަމަކަށް ވެފައި އޮތީ ކްލަބް އީގަލްސް އިން ރިލީސް ދިނުމުން ގައުމީ ޓީމުގައި ވެސް ހިމެނުނު ނިޝާމް މުހައްމަދު (ޕޮގްބާ) އަށް ކުޅެވުމެވެ.

ފުރަތަމަ މިނިޓުން ފަށައިގެން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު އޭދަފުށިން ވަނީ 21 ވަނަ މިނިޓްގައި ލީޑުނަގައިފަ އެެވެ. މި ގޯލު ޖެހީ އިޝާން އިބްރާހިމް (ސައްޓު) ދިން ބޯޅައަކުން އޭރިއާތެރެއިން އަލީ ނަސީމް (އައްޔަ) އެވެ. އޭނާ ވަނީ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މާފުށި މެޗުގައި އޭދަފުށީގެ ކީޕަރު އަލީ އަޖުފާން އަމްޖަދު އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ވަނީ އެއް އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. މި މެޗުގައި އޭދަފުށީގެ ގޯލު ބެލެެހެއްޓީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު އަބްދުﷲ ޒިޔަޒަން އެވެ.

އޭދަފުށިން މެޗުގެ 65 ވަނަ މިނިޓްގައި ލީޑުފުޅާކުރީ ސައްޓު ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭރިއާތެރެއިން ދިއްދޫ ކުޅުންތެރިއަކު ފައިގައި ޖެހިފައި، ޖައުޝަން މުހައްމަދު (ޖައުޅޭ) އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 85 ވަނަ މިނިޓްގައި އޭދަފުށީގެ ތިން ވަނަ ލަނޑު ޖެހީ ދިއްދޫގެ ކީޕަރު މޫސާ ރަޝީދު ކައިރިން ނައްޓާލުމަށް ފަހު ކާމިޔާބުކުރީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި، ފާއްޓޭ ވަނީ އިތުރު ގޯލެއް ޖަހައި، އޭދަފުށްޓަށް ޕްރެޝަރު ކަނޑުވާލައިފަ އެވެ.

އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި ދިއްދޫގެ ހަމައެކަނި ލަނޑު ޖެހީ، އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން، ހުސެއިން ޒިމްޔާން އެވެ.

މިއަދުގެ މެޗުން އޭދަފުށި މޮޅުވެ، ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ކުއާޓާ ފައިނަލަށް ދިޔައިރު، ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ކުއާޓާގެ ޖާގަ ލިބުނީ މާފުށްޓަށެވެ. މި ދެ ޓީމުގެ އިތުރުން ކުއާޓާގެ ފުރުސަތު ދެން ހޯދާފައިވަނީ ކ. ގުރައިދޫ އާއި ޅ. ނައިފަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox