ރިވައިވަލްގެ ހަސަން ޒަޔާނަށް އިންޑިއާގެ އޮޑިޝާ އިން ޓްރެއިނިން ފުރުސަތު

Dec 14, 2024, 2:49 AM
ރިވައިވަލްގެ ހަސަން ޒަޔާނަށް އިންޑިއާގެ އޮޑިޝާ އިން ޓްރެއިނިން ފުރުސަތު

ރިވަައިވަލް ސްޕޯޓްސް ކްލަބްގައި ހިމެނޭ އުންމީދީ ބެޑްމިންޓަން ކުޅުންތެރިޔާ، ހަަސަން ޒަޔާން، ޓްރެއިނިން ފުރުސަތެއްގައި އިންޑިއާގެ އޮޑިޝާ އަށް ގޮސްފި އެވެ.

މިއީ، ރިވައިވަލް ސްޕޯޓްސް ކްލަބުން އިސްވެ ކުރި މަސައްކަތުން، އޮޑިޝާގެ ހޯލީ ޗައިލްޑް ބެޑްމިންޓަން އެކެޑަމީން ހޯދި ދެ މަސް ޓްރެެއިނިން ދުވަހުގެ ޓްރެއިނިން ފުރުސަތެކެވެ.

ފުލް ޓައިމް ޓްރެއިނިނެއްގެ ގޮތުގައި، ޒަޔާނަށް ލިބިގެން މިދިޔަ ފުރުސަތުގައި، އޭނާ އަށް އަންނަ އަހަރު ރިވައިވަލް އިން ވާދަކުރާ އަދި ރާއްޖޭގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތްތަކަށް ތައްޔާރުވާން ރަނގަޅު ޓްރެއިނިން އެއް ލިބޭނެ ކަމަށް ރިވައިވަލް އިން ވަނީ ބުނެފަ އެވެ.

މީގެ އަށް މަސް ކުރިން، މިިދިޔަ އޭޕްރީލް މަހު، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ރިވައިވަލްއާ ގުޅުނު ޒަޔާނަކީ މީގެ ކުރިން ގައުމީ ބެޑްމިންޓަން ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެއް ނަމަވެސް، ކުރިއެރުމަށް ބަލާއިރު، ރިވައިވަލްއާ ގުޅުނު ފަހުން އޭނާ އަންނަނީ މުބާރާތްތަކުގައި ނަތީޖާ ނެރެމުންނެވެ.

މިދިޔަ ޖުލައި މަހު، ކުރިއަށްދިޔަ، ފެލޭޓް މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި ޒަޔާން ވަނީ ތާރީހީ ކުރިއެރުމެއް ހޯދައިފަ އެވެ. ޒަޔާން ވަނީ، ކޮލިފައިން ބުރުގެ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެއީ، މޮރިޝަސްގެ ޖެފްރޭ ޖޯސެފްއާ ވާދަކޮށް، 21-12، 21-12 އިންނެވެ. މިއީ، ބައިނަލްއަގުވާމީ މެޗަކުން ޒަޔާންގެ ފުރަތަމަ މޮޅެވެ. އެކަމަކު، ކޮލިފައިން ދެ ވަނަ މެޗުގައި އިންޑިއާގެ އަދިތުޔާ ބަޕިނީޑޫ އަތުން ހަސަން ޒަޔާން ބަލިވީ، 21-11، 21-06 އިންނެވެ. އެ މުބާރާތުގައި، ޒަޔާން ޒަކީ އާއި ހަސަން ޒަޔާން ވަނީ ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.

އޭގެ ފަހުން، ސެޕްޓެމްބަރު މަހު، ޔޫގާންޑާގައި ކުރިއަށްދިޔަ ކެމްޕާލާ އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސް ބައިގެ ކޮލިފިކޭޝަނުގައި ކުޅުނު ތިން މެޗުން ޔޫގާންޑާ ކުޅުންތެރިން ބަލިކުރުމަށް ފަހު ޒަޔާން މުބާރާތުގެ މެއިން ޑްރޯ އިން ޖާގަ ހޯދި އެވެ. އެއީ، ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox