ފައްޔާޒާއި ސޯލިހުގެ މައްސަލަ ބަލަނީ މި ސަރުކާރުގެ ނާކާމިޔާބީ ފޮރުވަން: ޝާހިދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަންގަން މަޖިލީހުން ފާސްކުރީ މި ސަރުކާރުގެ ނާކާމިޔާބީ އާއި ގެއްލިފައިވާ ތާއީދު ފޮރުވަން ކަމަށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނިންމި ނިންމުމަކީ އެއްވެއް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައި ނިންމުމެއް ކަމަށެވެ. އަދި އެކަމާ ކަންބޮޑުވާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަަމަށް ޝާހިދު ވިދާޅުވި އެވެ.

"މިއީ ރައީސް ސޯލިހުގެ ވެރިކަމުގައި ގާއިމު ކުރެވިގެންދިޔަ ހެޔޮވެރިކަމާއި ޑިމޮކްރެސީގެ ރީތި އުސޫލުތައް ނައްތާލުމަށް ކުރެވޭ މަސައްކަތެއް، މިއީ މިއަދުގެ ސަރުކާރަށް ކުރިމަތިވެފައިވާ ނާކާމިޔާބީ އާއި ގެއްލިފައިވާ ތާއީދު ފޮރުވައި ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރާ ފިނޑި މަސައްކަތެއް،" ޝާހިދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ، ރައީސް ސޯލިހު އާއި ފައްޔާޒްގެ އިތުރުން މިދިޔަ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި، އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްއަށް ދަންނަވާށެވެ.

އެ ތިން މީހުންގެ މައްޗަށް ކުރަނީ މިދިޔަ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީން އެކި ކުންފުނިތަކަށް ބަދަލު ދީފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެ އެވެ.

ޝާހިދުގެ ޕޯސްޓުގައި ވިދާޅުވީ ފައްޔާޒު އާއި ސޯލިހުގެ މައްސަލަ ބަލަން މަސައްކަތް ކުރަމުންދަނީ ދައުލަތަށް އިތުރުވަމުންދާ ދަރަނިތަކާއި ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަން ނިގުޅައިގަންނަމުންދާ މައްސަލައިގައި ރައްޔިތުންނަށް ސަރުކާރުން ޖަވާބު ދިނުމުގެ ބަދަލުގައި ކަމަށެވެ.

އަދި އެކަމަކީ ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލު ކުރުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

"މިފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލައި، ޒިންމާދާރު ކަމާއެކު ވެރިކަން ކުރުމުގެ މަގަށް މި ސަރުކާރުގެ އަމަލުތައް ބައްޓަން ކުރުމަށް ގޮވައިލަން،" ޝާހިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ފައްޔާޒާއި ސޯލިހު އާއި ޝިޔާމުގެ މައްސަލަ ބަލަން ނިންމީ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު މައްސަލައެއް ދިރާސާ ކުރުމަށްދަހު އެ ކޮމިޓީންނެވެ.

އެ ރިޕޯޓުގައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުރި އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް ޕީޖީއަށް ދެންނެވުމަށެވެ.

ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފަށް ދައުލަތުގެ ފައިސާ އާއި މުދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހައްގުނޫން ފަރާތްތަކަށް ދީފައިވާ ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ އިތުރުން, ރަސްމީ ވާޖިބު އަދާކުރުމުގައި ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ވަނީ ތުހަމުތުކޮށްފަ އެވެ.

ސޯލިހާއި އަލީ ޝިޔާމްގެ މައްޗަށް ތަހުގީގު ހިންގަން އެދުނީ އިކޮނޮމިކް ކައުންސިލް ކޯޗެއާ ކަމަށް ވާތީ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެ ތަހުގީގުތަކުގައި ފައްޔާޒު ހިމަނަން އެދިފައިވަނީ ބަދަލު ދިނުމުގެ އެއްބަސްވުންތަކަށް ވާސިލުވެ އެ އެއްބަސްވުްނތައް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ތުހުމަތުކޮށެވެ.

އެ ހުށަހެޅުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އަދި, ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އެވެ. އެ ހުށަހެޅުން ފާސްކުރީ އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ހަ މެންބަރުންގެ ވޯޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox