ގޯލްޑް ކަޕް: ކުރެންދޫ ކަޓައި، މާލެ އާއި އަލިފުށި ކުއާޓާ އަށް

Dec 13, 2024, 4:27 AM
ގޯލްޑް ކަޕް: ކުރެންދޫ ކަޓައި، މާލެ އާއި އަލިފުށި ކުއާޓާ އަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުރެންދޫން އަތުން 1-0 އިން މޮޅުވެ މާލެ ސިޓީން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ނަތީޖާއާ އެކު، ކުރެންދޫ ކަޓައި، އަލިފުށްޓަށް ވެސް ވަނީ ކުއާޓާގެ ޖާގަ ޔަގީންވެފަ އެވެ. މި ގްރޫޕްގައި ދެން އޮތީ އަލިފުށްޓާއި މާލެ ސިޓީ ބައްދަލުކުރާ މެޗެވެ. އެއީ ގްރޫޕްގެ އެއް ވަނަ ކަނޑައަޅާނެ މެޗެވެ. ކުއާޓާ ފައިނަލުގެ ޖާގަ ދެން ހޯދި ދެ ޓީމަކީ، ކ. ގުރައިދޫ އާއި ޅ. ނައިފަރު އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާލެ ސިޓީން ފޮނުވާލި ގިނަ ހަމަލާތަކެއް ކުރެންދޫ ގޯލު ބެލެހެއްޓި ސްރީ ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެެވެ. ކައުންޓަ އެޓޭކުގައި ކުރެންދޫން ވެސް ލަނޑެއް ޖެހޭތޯ އެޓޭކްތަކެއް ކުރި ނަމަވެސް، މާލެ ސިޓީ ޓީމުގެ ގޯލުގައި ހުރި ތަޖުރިބާކާރު ކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ޖެހީ، 53 ވަނަ މިނިޓްގައި މުހައްމަދު ޔަޒްދާން ހުސެއިން (ޔަޒޭ) އެވެ. މާލެ ސިޓީގެ ފުލްބެކް، އަހުމަދު މާއިޝް ރަޝީދު (މާއި) ނެގި ހުރަހަކަށް އަރައި، ޔަޒޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ސުޖަން އަތުގައި ޖެހި ދަނޑީގައި ވެސް ޖެހިފަ އެވެ. މާއި އާއި ޔަޒޭ އަދި ސުޖަން އަކީ ފުރަތަމަ ޑިވިޝަންގައި އެކުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިންނެވެ.

މި މެޗުގައި މާލެ ސިޓީގެ ކެޕްޓަން، އަބްދުﷲ މުއާޒް (އޮޓޯ) ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ.

ކުރެންދޫ ޓީމުގެ އަބްދުލްވާހިދު އިބްރާހިމް (ވާޑު) ފޮނުވާލި ޝޮޓެއް ވަނީ ދަނޑިކައިރިން ވެސް ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox