ހުލާސާކޮށް އިއްޔެ: އަލިފާނުގެ ހާދިސާއާ ގުޅިގެން ފަސް އޮފީހެއްގެ ހިދުމަތް ހުއްޓިފައި

Dec 13, 2024, 1:16 AM
ހައުސިން އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުން ދިޔަ ޓިނުން ހަދާފައިވާ އިމާރާތް، އަލިފާނުގެ ހޫނުން ފަށްފަށް ޖެހިފައި. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ހައުސިން އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުން ދިޔަ ޓިނުން ހަދާފައިވާ އިމާރާތް، އަލިފާނުގެ ހޫނުން ފަށްފަށް ޖެހިފައި. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވެ، އެ އޮފީސްތަކުގެ ހުރިހާ ތަކެއްޗެއްހެން އަނދައި ހުލިވުމުން އެ ތަންތަނުން ދެމުން ދިޔަ ހިދުމަތްތައް ހުއްޓިއްޖެ އެވެ.

އިއްޔެ ހެނދުނު ރޯވި އަލިފާނުގައި އެއްކޮށް އަނދައިގެން ގޮސްފައި ވަނީ ހައުސިން އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުން ދިޔަ، ޓިނުން ހަދާފައިވާ އިމާރާތެވެ. އެ އިމާރާތުގެ ގޯތިތެރޭގައި ހުރި ސިޓީ ކައުންސިލްގެ އިމާރާތްތަކަށް ވެސް އަލިފާނުގެ އަސަރުކޮށްގެންނާއި ފަނުގެ އަސަރުކޮށްގެން ބައެއް ލިޔުންތައް ހަލާކުވެފައިވެ އެވެ.

އޭގެ އިތުރުން ރޯވި ޓިނު އިމާރާތާ އިންވެގެން ހުރި އެންވަޔަރަމެންޓު މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިންގުގައި ރޯވެ، އެ މިނިސްޓްރީ އާއި އެތަނުގައި ހިންގަމުން ދިޔަ އީޕީއޭގެ ހުރިހާ ތަކެއްޗެއްހެން ވަނީ ހަލާކުވެފަ އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ އޮފިޝަލަކު ބުނި ގޮތުން ސަލާމާތް ކުރެވުނީ އެތަނުގެ ތިރީ ފަންގިފިލާގައި ހުރި ބައެއް ތަކެއްޗެވެ.

އެހެންވެ، މި އޮފީސްތަކުގެ ހިދުމަތް ވަގުތީ ގޮތުން ވަނީ ހުއްޓިފަ އެވެ. ސިޓީ ކައުންސިލްގެ ހުއްޓިފައި ވަނީ އިމާރާތްތަކާ ގުޅޭ ބައެއް ހިދުމަތްތަކެވެ. އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ހުޅުމާލޭ އޮފީހުގައި ވަނީ ފަށައިފަ އެވެ.

އަލިފާނުގައި އަނދައި ހުލުވި އޮފީސްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކުރުމަށް، ދަރުބާރުގެ ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ސަރުކާރުގެ މުހިންމު ތިން މިނިސްޓްރީގެ މަސައްކަތްތައް އަލުން ފަށާނެ ތާރީހުތައް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގީ އިއްޔެ ވަރަށް ހެނދުނާ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox