ގޯލްޑް ކަޕް: މީދޫ ބަލިކޮށް ނައިފަރު ކުއާޓާ އަށް

Dec 12, 2024, 1:44 PM
ގޯލްޑް ކަޕް: މީދޫ ބަލިކޮށް ނައިފަރު ކުއާޓާ އަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު 2-0 އިން ދ. މީދޫ ބަލިކޮށް، ޅ. ނައިފަރުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުން އައްޑޫ ސިޓީ އާއި މީދޫ ވަނީ 3-3 އިން އެއްވަރުވެފަ އެވެ. މިއަދުގެ މެޗާ އެކު، މީދޫ އަށް ދެ މެޗު ހަމަވިއިރު، ލިބިފައިވަނީ، އެއް ޕޮއިންޓެވެ. ނައިފަރުން މި ވަނީ ކުޅުނު ފުރަތަމަ މެޗުން ވެސް ތިން ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕްގައި ދެން އޮތީ އައްޑޫ އާއި ނައިފަރު ކުޅޭ މެޗެވެ. އެ މެޗުން ނައިފަރު މޮޅުވެގެން ނޫން ގޮތަކަށް ދެން މީދޫ އަށް ކުއާޓާގެ ޖާގައެއް ނުލިބޭނެ އެވެ. އައްޑޫ އަށް އެ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ކުއާޓާގެ ޖާގަ ހޯދޭނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ނައިފަރުން ދިޔައީ، އެޓޭކް ކުރަމުންނެވެ. އެ ގޮތުން، ނައިފަރު ޓީމަށް ކުޅޭ، މުހައްމަދު ނަދީމް ފޮނުވާލި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ އިމްރާން މުހައްމަދަށް ލިބުނު ފުރުސަތުން ވެސް ގޯލެއް ނުޖެހުނެވެ.

މީދޫ ޓީމަށް މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް އިމްރާން (އިންމި) ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ނައިފަރު ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ނައިފަރުން މި މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ނައިފަަރަށް ލިބުނު ކޯނަރަކުން މީދޫ ކުޅުންތެރިން ކައިރިން ނައިފަރުގެ މުހައްމަދު އިޒާން އަލީ ބޮލުން ފޮނުވާލި ބޯޅަ މީދޫ ކުޅުންތެރިންނަށް ސަލާމަތްނުކުރެވި ވަނީ ގޯލަށެވެ. މި ގޯލު ޖެހުމުގެ އިރުކޮޅެއް ކުރިން، ނައިފަރު ޓީމު އިޒާނަށް ލިބުނު އަނިޔާއަކަށް ފަރުވާދޭން އަށިގަނޑުގައި ވަނީ ބާލައިފަ އެވެ. އިޒާނަކީ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެެކެވެ.

ދެ ވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ނައިފަރުން ވަނީ، އިމްރާން ދިން ބޯޅައަކުން އޭރިއާބޭރުން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ނަދީމް ޖެހި ގޯލަކުން ލީޑުފުޅާކޮށްފަ އެވެ.

ނައިފަރުން ލީޑުފުޅާކުރިތާ މާގިނައިރުތަކެއްނުވެ، އެ ޓީމުގެ އިބްރާހިމް ޝަރީފް (އިއްބެ) އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބަށް ކުޅެފައިވާ އިއްބެ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ ފަހު ހާފުގެ ބޮޑުބައި ނައިފަރުން ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް މީދޫ އަށް ލަނޑެއް ޖެހޭގޮތެއްނުވި އެވެ.

ނައިފަރަކީ މި ފަހަރުގެ ގޯލްޑް ކަޕްގެ ކުއާޓާ އިން ޖާގަ ހޯދި ދެ ވަނަ ޓީމެވެ. މީގެ ކުރިން، ކ. ގުރައިދޫ އިން ވެސް ވަނީ މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރެއިން ފުރުސަތު ހޯދައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox