އަލިފާނުގެ ތުހުމަތު އެމްޑީޕީއަށްކޮށް ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން ނަފުރަތު ފަތުރަނީ

ހައުސިން، އިންފްރާސްޓްރަކްޗާ އަދި އެންވަރަމެންޓް މިނިސްޓްރީ އަނދާ އަޅިއަށްވި އަލިފާން: މި އަލިފާންގަނޑުގައި ގެއްލުން ލިބުނީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް -- ފޮޓޯ: ލީވާން އަލީ ނާސިރު / އަދަދު

ހައުސިން، އިންފްރާސްޓްރަކްޗާ އަދި އެންވަރަމެންޓް މިނިސްޓްރީ އަނދާ އަޅިއަށްވި އަލިފާން: މި އަލިފާންގަނޑުގައި ގެއްލުން ލިބުނީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް -- ފޮޓޯ: ލީވާން އަލީ ނާސިރު / އަދަދު

ހައުސިން، އިންފްރާސްޓްރަކްޗާ އަދި އެންވަރަމެންޓް މިނިސްޓްރީ އަނދާ އަޅިއަށްވި އަލިފާނުގެ ތުހުމަތު އިދިކޮޅު އެމްޑީޕީއަށް ކޮށް، ސަރުކާރަށް ތާއީދު ކުރާ މީހުން ނަފުރަތު އުފައްދަން ފަށައިފި އެވެ.

އެމްޑީޕީއަށް ތުހުމަތުގެ އިނގިލި ދިއްކޮށް ނަފުރަތު އުފައްދާ މީހުންގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެ އެވެ.

މިއަދުގެ އަލިފާނާ ގުޅިގެން ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ސިއްދީގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހައުސިން މިނިސްޓްރީގައި ރޯވީތޯ ނުވަތަ ރޯކޮށްލީތޯ ސުވާލު އުފައްދައިފަ އެވެ.

ސިއްދީގު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަތަކެއް ބަލަން މަޖިލީހުން ފާސްކުރުމުން ދައުލަތުގެ ބައެއް ލިޔެކިޔުންތައް ހުރި ތަންތަނުގައި އަލިފާން ރޯވުން އެއީ އިއްތިފާގެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

"ހައުސިން މިނިސްޓްރީގައި ރޯވީތޯ؟ ރޯކޮށްލީތޯ؟" ސިއްދީގުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"މާލޭގެ ބިންތަކާއި ފްލެޓުތަކަށް ރައީސް އިބްރާހިމް އާއި އޭނާގެ އެކުވެރިން ގާނޫނާ ހިލާފަށް ހިތުހުރި ގޮތެއް ހަދައި، އެކުވެރިންނަށް ބަހާލާފައިވާ މައްސަލަ ބަލަން ފާސްކުރުމުން އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުރި ތަންތަނުގައި ރޯވަނީތޯ؟،"

މިއަދުގެ އަލިފާނާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސްގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު، އަހުމަދު ރާޝިދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޑީޕީން އަބަދު ވެސް ގެންގުޅެނީ ގައުމާއި ރައްޔިތުންނަށް އެކި ގޮތްގޮތުން އަނިޔާވެރިވުމުގެ ވިސްނުން ކަމަށެވެ.

"ވެރިކަން ގެއްލުނީމަ ހުޅު، ވެރިކަމުގެ ތިބިއްޔާ ހަޒާނާ ހުސްކުރުން،" ރާޝިދުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު، މަރިޔަމް ޝިއުނާ ކުރި ޕޯސްޓެއްގައި ވަނީ އެމްޑީޕީން ގައުމު އަންދަމުންދާ ކަމަށް ބުނެ، އެ މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.

"އިބޫ ސޯލިހު އާއި ފައްޔާޒު އިސްމާއިލްގެ މައްސަލަ ބަލަން ބުނިތާ 24 ގަޑިއިރު ނުވޭ ބޮޑުހުޅު ޕާޓީ ނުކުމެ ގައުމު އަންދަނީ، ހުރިހާ ޓެރަރިސްޓުން ހައްޔަ ކުރޭ،" ޝިއުނާ ކުރި ޕޯސްޓުގައި ބުންޏެވެ.

އޭގެ ފަހުން ޝިއުނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެމްޑީޕީއަކީ ސަރުކާރު އިދާރާތަކުގައި ބޮޑުހުޅު ޖެހުމުގެ މާޒީއެއް އޮތް ޕާޓީއެއް ކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ މީހުން އަލިފާނުގެ ތުހުމަތު އެމްޑީޕީއަށް އަމާޒުކުރި ނަމަވެސް ތިން މިނިސްޓްރީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ފުލުހުން ވެސް ސިފައިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox