ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީ ރޯވެ އަނދަނީ

Dec 12, 2024, 3:01 AM
ހައުސިން އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި އަލިފާން ރޯވެ އަނދަމުން ދަނީ. -- ފޯޓޯ: ލީވާން/އަދަދު

ހައުސިން އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި އަލިފާން ރޯވެ އަނދަމުން ދަނީ. -- ފޯޓޯ: ލީވާން/އަދަދު

ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގައި ރޯވެ އަނދަމުން އެބަ އެ އެވެ.

އެމްއެންޑީއެފުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދެ މިނިސްޓްރީ ހުރި އިމާރާތުން ދުމުގެ އިޝާރާތް ފެނުނީ ހެނދުނު ހަތެއް ޖަހާކަން ހައިރު އެވެ. ނަމަވެސް، އޭރު އިމާރާތުގެ ބޭރަށް ދުމެއް ނުނިކުމެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ނޭނގެ އެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

Advertisement

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ހުންނަނީ އެ ސަރަހައްދާ ކައިރީގައި ކަމުން، އަލިފާން ނިއްވާ ވެހިކަލްތައް ވަގުތުން ގޮސް ހަރަކާތްތެރިވާން ފެށި އެވެ. އިމާރާތުގެ ބޭރަށް ދުންގަނޑު ފަޅައިގެން ގޮސް ނުކުތީ އޭގެ އިރުގަނޑެއް ފަހުންނެވެ.

އެންވަޔަރަމެންޓު މިނިސްޓްރީ ވެސް ހުންނަނީ އަލިފާން ރޯވި އިމާރާތާ އިންވެގެންނެވެ. ނަމަވެސް މި އިމާރާތުގައި ރޯވި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

މި ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ "އަދަދު" ގެ ނޫސްވެރިޔަކު ބުނީ ބޮޑަށް ހުޅުގަނޑު ހިފާފައި ހުރީ ހައުސިން އާއި އިންފްރާސްޓްރަކްޗާ ހިންގާ ތަނުގައި ޓިނުން ހަދާފައި ހުރި އިމާރާތުގައި ކަމަށެވެ. އެ އިމާރާތް މިހާރު ބިމާހަމަވާން ކައިރިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox