ގޯލްޑް ކަޕް: ދިއްދޫން މާފުށި ބަލިކޮށް ގްރޫޕް ފޯރިގަދަކޮށްލައިފި

Dec 11, 2024, 7:45 PM
 ގޯލްޑް ކަޕް: ދިއްދޫން މާފުށި ބަލިކޮށް ގްރޫޕް ފޯރިގަދަކޮށްލައިފި

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުން، ހއ. ދިއްދޫން 2-0 އިން ކ. މާފުށި ބަލިކުުރުމާ އެކު، މި ގްރޫޕުން ކުއާޓާ ފައިނަލަށް ދަތުރުކުރާ ޓީމުތައް ކަނޑައެޅުމުގައި ފޯރިގަދަ މެޗަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި، 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލެވިފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. ކުއާޓާ ފައިނަަލަށް ދާނީ ގަދަ ދެ ޓީމެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި މި ވަގުތު އޮތީ އެއް މެޗުން ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު، ދިއްދޫ އެވެ. ދެ ވަނައިގައި އޮތް މާފުށްޓައް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޭދަފުށްޓަށް އެއް މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި ގްރޫޕްގައި ބާކީ އޮތީ ދިއްދޫ އާއި އޭދަފުށި ކުޅޭ މެޗު އެކަންޏެވެ. އެ މެޗުން މޮޅުވާން އޭދަފުށްޓަށް މަޖުބޫރުވެފައިވާއިރު، ގްރޫޕްގެ ތިން ޓީމު އެއްވަރުވެދާނެ ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު ވެސް އޮތީ ހުޅުވިފަ އެެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދިއްދޫ އިން ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން، ދިއްދޫގެ ފުރަތަމަ ގޯލު ޖެހީ، ގައުމީ 20 އަހަރުން ދަށުގެ ޓީމަށް މި ފަހުން މޮޅު ކުޅުމެއް ދައްކައި، މި މުބާރާތުގައި ދިއްދޫ އަށް ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަހުޒަމް ރަޝީދު (އަހޫ) އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ އަހޫ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.

މާފުށިން ވެސް އެޓޭކްތަކެއްކޮށް ގޯލު ޖަހަން ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި، އެ ޓީމުން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ފުރުސަތުތަކުގެ ބޭނުންހިފައި އެޓޭކްގައި ރަނގަޅަށް މަސައްކަތްކުރަމުން އައި، ދިއްދޫން ދެ ވަނަ ގޯލު ޖެހީ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅައަކުންނެވެ. އެ ގޮތުން، ދިއްދޫ ޓީމުގެ އާދަމް އާޒިމް، މެދު ރޮނގުން ކުރިއަށް ބޯޅަ ދިޔަތަނާ ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ގޯލަށް ވައްދާލީ މާފުށީގެ ކީޕަރު، އިސްމާއިލް ޝިހާމް ބޯމަތިންނެވެ.

ދިއްދޫ ހާފުގެ ތެރޭގައި މާފުށީގެ އިސްމާއިލް މަފާޒް އިބްރާހިމް އާއި އިސްމާއިލް ނަޒީހަށް ލިބުނު ބޯޅަތަކުގައި އެޓޭކްކުރަން ކުރި މަސައްކަތުގައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ. އަދި މާފުށީގެ އިސްމާއިލް ޒަރީރު ފޮނުވާލި ބޯޅައެއް ވެސް ވަނީ ބްލޮކްވެފަ އެވެ.

ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ހަމައެކަނި ޓީމަކީ ކ. ގުރައިދޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox