ގޯލްޑް ކަޕް: ތިމަރަފުށީގެ އަމިއްލަބާރު ކަނޑުވާލައި ގުރައިދޫ ކުއާޓާ އަށް

Dec 11, 2024, 1:20 PM
ގޯލްޑް ކަޕް: ތިމަރަފުށީގެ އަމިއްލަބާރު ކަނޑުވާލައި ގުރައިދޫ ކުއާޓާ އަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ތ. ތިމަރަފުށި 0-1 އިން ބަލިކޮށް، ކ. ގުރައިދޫން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފި އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި މި ވަގުތު ގުރައިދޫ އޮޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޏ. ފުވައްމުލަކު ސިޓީ އަށް އެއް މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ތިމަރަފުށްޓަށް ދެ މެޗުން ލިބުނީ ޕޮއިންޓެކެވެ.

މި ގްރޫޕުން ކުއާޓާގެ ޖާގަ ހޯދާނެ އަނެއް ޓީމު ކަނޑައެޅޭނީ ގުރައިދޫ އާއި ފުވައްމުލަކު ސިޓީ ކުޅޭ މެޗުންނެވެ. އެ މެޗުން، ގުރައިދޫން ދެ ގޯލުގެ ފަރަގަކުން ފުވައްމުލަކު ސިޓީ އަތުން މޮޅުވެއްޖެނަަމަ، ތިމަރަފުށި ކުއާޓާ އަށް ދަތުރުކުރާނެ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރަށް ދިއުުމުގެ ފުރުސަތު ފުވައްމުލަކަށް އެބައޮތެވެ. އަނެއްކޮޅުން، 1-0 ނޫން ގޮތަކަށް އެއް ގޯލުގެ ފަރަގަކުން ފުވައްމުލަކު ބަލިވި ނަމަވެސް އެ ޓީމުން ކުއާޓާގެ ޖާގަ ލިބޭނެ އެވެ.

ގުރައިދޫ ޓީމުގެ ނާއިމް (ކ) ތިމަރަފުށީގެ އަފްލާޒް ކައިރިން ބޯޅަ ހިފައިގެންދަނީ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގުރައިދޫން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ގުރައިދޫގެ ބިދޭސީ ފޯވާޑް، އަހުމަދު އިބްރާހިމް އެވެ. މި ބުރަށް ޓީމަށް ކުޅުންތެރިން އިތުރު ކުރަން ލިބުނު ފުރުސަތުގައި ގުރައިދޫން ޓީމުގައި ޖެހި، އެ ރަށަށް އުފަން، ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ތަރި، މުހައްމަދު ނާއިމް ދިން ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އަހުމަދު އިބްރާހިމް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި މެޗަށް ތިމަރަފުށިން ނުކުންނަން ޖެހުނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ދެ މިޑްފީލްޑަރުން ކަމަށްވާ އިބްރާހިމް ސިނާހު (ސިނާ) އާއި އަލީ އިލްމާން މޫސާ ނުލަ އެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދެ ވަނަ ޑިވިޝަނުގައި ކުޅެފައިވާ ސިނާ އާއި ވިކްޓަރީ އަށް ކުޅެފައިވާ އިލްމާން ސަސްޕެންޑްވީ ދެ ކާޑު ހަމަވުމުގެ ސަބަބުންނެވެ.

ތިމަރަފުށީގެ ކުޅުންތެރިންނަށް މި މެޗުގައި، ގުރައިދޫގެ ގޯލު ބެލެހެއްޓި ހުސެއިން ރިފާއު ކައިރިން ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ.

މި ފަހަރުގެ ގޯލްޑް ކަޕްގައި ތިމަރަފުށި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖުގައި ބ. ތުޅާދޫ އަތުންނެވެ. ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖުގައި، ބ. އޭދަފުށްޓާއި މާލެ ސިޓީ އަތުން ތިމަރަފުށި ބަލިވިއިރު، ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ފުވައްމުލަކު ސިޓީއާ ވަނީ އެއްވަރުވެފަ އެވެ.

ގޯލްޑް ކަޕްގެ ދެ ވަނަ ބުރަކީ، 12 ޓީމުގެ މެދުގައި ކުޅޭ ގްރޫޕް ސްޓޭޖު ބުރެކެވެ. ހަތަރު ގްރޫޕަށް ބެހިފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ދެ ޓީމެއް ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox