ގަސްތުގައި ޓެކުހަށް އޮޅުވާލި މައްސަލައެއްގައި ކާނި ހޮޓެލްސްއަށް ދައުވާކުރަނީ

މާފުށީގައި ހުންނަ ކާނި ހޮޓެލްސް: މިއީ ގެސްޓުހައުސް ވިޔަފާރީގައި އެންމެ ގިނަ ކޮޓަރި ހިންގާ އެއް ކުންފުނި -- ފޮޓޯ: އަދަދު ފައިލް

މާފުށީގައި ހުންނަ ކާނި ހޮޓެލްސް: މިއީ ގެސްޓުހައުސް ވިޔަފާރީގައި އެންމެ ގިނަ ކޮޓަރި ހިންގާ އެއް ކުންފުނި -- ފޮޓޯ: އަދަދު ފައިލް

"ކާނި ހޮޓެލްސް" އިން ޓެކުހަށް ގަސްތުގައި މަކަރު ހެދި ކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.

ގެސްޓުހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ކޮޓަރި ހިންގާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކާނި ހޮޓެލްސްއިން ކ. މާފުށީގައި ހަތަރު ހޮޓަލެއް ހިންގަ އެވެ. އެއީ ކާނި ޕާމް ބީޗް އާއި ކާނި ވިލެޖާއި ކާނި ބީޗު ހޮޓެލްގެ އިތުރުން ކާނި ގްރޭންޑް ސީވިއު އެވެ.

މީރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި މި މައްސަލައަކީ ޖެނުއަރީ 1، 2019 އިން ފެށިގެން ސެޕްޓެމްބަރު 30، 2022 ގެ ނިޔަލަށް ކާނި ހޮޓެލްސްއިން މީރާއަށް ހުށަހަޅާފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

މިކަން ކޮށްފައި ވަނީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް ޓެކްސް އިދާރާއިން ބުންޏެވެ. މީރާގެ ތަހުގީގުން ފާހަގަވީ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކާނި ހޮޓެލްސްގެ ވިޔަފާރިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ގެސްޓުހައުސްތަކާއި ހޮޓާތަކަށް އަންނަ އެންމެހާ ގެސްޓުންގެ މައުލޫމާތު ހިމަނާފައި ނުވުން
  • ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަންނަ ޓޫރިސްޓުންނާއި ފްރީ އިންޑިޕެންޑެންޓް ޓްރެވަލާސްގެ ގޮތުގައި އަންނަ ޓޫރިސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުނުކުރުން
  • އެއާޕޯޓު ޓްރާންސްފާ އާއި ރެސްޓޯރަންޓާއި ސްޕާގެ އިތުރުން އެކްސްކާޝަން ފަދަ ހިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑު ބައި މީރާއަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހިމަނާފައި ނެތުން

ގަސްތުގައި ޓެކުހަށް މަކަރު ހެދި މައްސަލައިގައި "ކާނި ހޮޓެލްސް އެންޑް ޓުއާސް" އާއި "އަސްނާ އިންވެސްޓްމަންޓްސް" ކުންފުނިތަކުގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަބްދުﷲ ނަޝީދު (ކާނި އަބުލޯ) އާއި އާމިނަތު އާސިމާ ސަލީމްގެ އަދި ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހުންނެވި އައިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.

މީރާ އިން ބުނީ އަށް ލައްކަ ޑޮލަރު (13.3 މިލިއަން ރުފިޔާ) ކާނި ހޮޓެލްސް އިން އިތުރަށް ދައްކަން ޖެހޭ ކަމަށް ޓެކްސް އޮޑިޓުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ޓެކްސް ދައްކަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.

ކާނި ހޮޓެލްސްގެ ވެރިޔާ، ކާނި އަބުލޯއަކީ ނޭޝަނަލް ގެސްޓުހައުސް އެންޑް ހޮޓެލްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ވެސް މެ އެވެ. އެ ކުންފުނީގެ ގެސްޓުހައުސް ވިޔަފާރި އެހެން ރަށްރަށަށް ވެސް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވ. މެދުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox