ސެލޫންތަކާއި ސްޕާތަކުގެ ސާފުތާހިރުކަން ބަލަން އެޗްޕީއޭއިން އިންސްޕެކްޝަނެއް ހިންގަނީ

މަސާޖުޕާލާއެއްގެ އެތެރެ: މި އިންސްޕެކްޝަނުގައި ބަލަނީ ތަންތަން ސާފުތާހިރުކޮށް ހުރިތޯ -- ފޮޓޯ: ގޫގުލް

މަސާޖުޕާލާއެއްގެ އެތެރެ: މި އިންސްޕެކްޝަނުގައި ބަލަނީ ތަންތަން ސާފުތާހިރުކޮށް ހުރިތޯ -- ފޮޓޯ: ގޫގުލް

މާލެ ސަރަހައްދުގައި ހިންގާ ސްޕާތަކާއި ސެލޫންތަކުގެ އާންމު ސާފުތާހިރުކަން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިންސްޕެކްޝަނެއް ހިންގަން ފަށައިިފި އެވެ.

އެޗްޕީއޭއިން އާންމުކުރި އިއުލާނެއްގައި ބުނީ އެ އިންސްޕެކްޝަން ކުރިއަށް ގެންދަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 19 ގެ ނިޔަލަށް ކަމަށެވެ. ސްޕާތަކާއި ސެލޫންތަކުން އާންމުންނަށް ހިދުމަތް ދޭއިރު، އެ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑު ހިފަހައްޓާ މިންވަރު އެ އިންސްޕެކްޝަނުގެ ތެރެއިން ބަލާނެ ކަމަށް އެޗްޕީއޭގެ އިއުލާނުގައި ބުންޏެވެ.

އެޗްޕީއޭއިން ވަނީ އެ އެޖެންސީން ހިންގާ އިންސްޕެކްޝަނަށް އެއްބާރުލުން ދިނުމަށް ސްޕާތަކާއި ސެލޫންތައް ހިންގާ ފަރާތްތަކުގެ ކިބައިން އެދިފަ އެވެ.

މާލޭގައި ހިންގާ ސްޕާތަކާއި ސެލޫންތަކުގެ ސާފުތާހިރުކަން ބަލަން އެޗްޕީއޭއިން އިންސްޕެކްޝަނެއް ހިންގަން ފަށާފައިވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖުޕާލާތައް ހިންގުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފަައިވެ އެވެ.

މިދިޔަ އޯގަސްޓު 24، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖުޕާލާއެއް ހިންގަން އެއްވެސް ފަރާތަކަށް މިހާތަނަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި މަސާޖުޕާލަތައް ގޮތަށް ހިންގާ ތަނެއް ދެން ފާހަގަކުރެވިއްޖެ ނަމަ ބަންދު ކުރާނެ ކަމަށް އިހުސާން އެދުވަހު ވިދާޅުވި އެވެ.

"އަސްލު ރާއްޖޭގައި، މާލޭގައި ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖު ޕާލާއެއް ހިންގާކަށް ހުއްދައެއް ދީފައެއް ނުވާނެ، މި ހިންގަނީ ސެލޫންގެ ނަމުގައި ހިންގާ ތަންތަން، އެތަނުގައި ދެން މި ކުރެވެނީ މި ދެންނެވި ބާވަތުގެ މަސައްކަތްތައް،" އިހުސާން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ރެޖިސްޓަރީ ނުކޮށް ވިޔަފާރިއެއް ހިންގުމަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގައި ލާޒިމު ކޮށްފައިވާ ކަމެކެވެ. ރެޖިސްޓަރީ ނުކޮށް ވިޔަފާރިއެއް ހިންގާ ނަމަ އެބަޔަކާ މެދު ފިޔަވަޅު އެޅޭނެ ގޮތްތައް ވެސް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox