ލިވަޕޫލްގެ ރެކޯޑް ކުރިއަށް، ޕީއެސްޖީ އާއި ރެއާލަށް ހަމަނޭވައެއް

Dec 11, 2024, 4:32 AM
ލިވަޕޫލްގެ ރެކޯޑް ކުރިއަށް، ޕީއެސްޖީ އާއި ރެއާލަށް ހަމަނޭވައެއް

ޕެރިސް (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖިރޯނާ އަތުން 1-0 އިން މޮޅުވެ، ލިވަޕޫލުން މި ފަހަރުގެ މުބާރާތުގައި ދަމަހައްޓަމުން އަންނަ ސައްތަ އިން ސައްތަ ރެކޯޑް ކުރިއަށްގެންދިޔައިރު، ރެއާލް މެޑްރިޑާއި ޕީއެސްޖީން ކުޅުނު މެޗުތަކުން މޮޅުވެ، ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.

އެޓަލަންޓާ ދަނޑުގައި ރެއާލް މޮޅުވީ، 2-3 އިންނެވެ. ޕީއެސްޖީން ވަނީ ސަލްޒްބާގް ދަނޑުގައި 3-0 އިން ކުރިހޯދައިފަ އެވެ.

ލިވަޕޫލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ ވަނަ މެޗުގައި، ރޭ ޖިރޯނާ ބަލިކުރީ ދެ ވަނަ ހާފުގައި މުހައްމަދު ސަލާހު ޖެހި ޕެނަލްޓީންނެވެ. މި މެޗުގައި، ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ތާވަލުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ.

ދެ ވަނައިގައި އޮތް ލެވަކޫސަން އާއި ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ލެވަކޫސަނުން ވަނީ 1-0 އިން އިންޓަ މިލާން ބަލިކޮށްފަ އެވެ. އަދި އެސްޓަން ވިލާ އިން ލައިޕްޒިގު ދަނޑުގައި ވަނީ 3-2 އިން މޮޅުވެފަ އެވެ.

ރެއާލަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ކީލިއަން އެމްބާޕޭ، ވިނީޝިއުސް ޖޫނިއާ އަދި ޖޫޑް ބެލިންހަމް އެވެ. އެޓަލަންޓާގެ ގޯލުތައް ޖެހީ، ޑި ކަޓެލެއާ އާއި އެޑަމޯލާ ލުކްމަން އެވެ. މި މޮޅާ އެކު، ރެއާލް ވަނީ ހަ މެޗުން ނުވަ ޕޮއިންޓާ އެކު، 18 ވަނަ އަށް ޖެހިލައިފަ އެވެ.

ޕީއެސްޖީން މޮޅުވީ ގޮންޒާލޯ ރާމޯސް، ނޫނޯ މެންޑޭޒް އަދި ޑެޒައިއާ ޑޯއު ޖެހި ގޯލުތަކުންނެވެ. މި މޮޅާ އެކު، ޕީއެސްޖީ ވަނީ ލީގު ތާވަލުގެ 24 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، ދެ ވަނަ ބުރަށް ދިއުމުގެ ޕްލޭއޮފްގެ ފަހު ޖާގަ ލިބޭ ފަހު މަގާމެވެ. ޕީއެސްޖީ އަށް ހަ މެޗުން ލިބުނީ، ހަތް ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކުން ވަނީ ޝަހުތަރު ޑޮނެސްކް ދަނޑުގައި 5-1 އިން މޮޅުވެފަ އެވެ. މެޗުގައި ފުރަތަމަ ލީޑުނެގި ޝަހުތަރުގެ ހަމައެކަނި ގޯލު ޖެހީ، ކެވިން އެވެ. ފަހަތުން އަރައި މޮޅުވި، ބަޔާންގެ މައިކަލް އޮލީސޭ ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ ކޮންރަޑް ލައިމާ، ޖަމާލް މުސިއާލާ އަދި ތޯމަސް މުލާ އެވެ.

ބަޔާން އޮތީ ހަ މެޗުން 12 ޕޮއިންޓާ އެކު، އަށް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox