ގޯލްޑް ކަޕް: އިންމިގެ ތަފާތު ހެޓްރިކުން މީދޫން އައްޑޫއާ އެއްވަރުކޮށްފި

Dec 10, 2024, 4:34 PM
ގޯލްޑް ކަޕް: އިންމިގެ ތަފާތު ހެޓްރިކުން މީދޫން އައްޑޫއާ އެއްވަރުކޮށްފި

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި އިބްރާހިމް އިމްރާން (އިންމި) ތަފާތު ދައްކައި ހެދި ހެޓްރިކާ އެކު، ދ. މީދޫން 3-3 އިން އައްޑޫ ސީޓީއާ އެއްވަރުކޮށްފި އެވެ.

މި މެޗުގައި ހެދި ހެޓްރިކާ އެކު، ގައުމީ 19 އަހަރުން ދަށުގެ ޓީމުގެ ކުރީގެ ފޯވާޑް އިންމި ވެފައިވަނީ މި ފަހަރުގެ ގޯލްޑް ކަޕްގައި އެންމެ ރަނގަޅު ކުޅުމެއް ކޮންމެ މެޗެއްގައި ވެސް ދައްކަމުން އަންނަ ކުޅުންތެރިޔާ އަށެވެ.

ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައިވާ އިންމި ވަނީ މި ފަަހަރުގެ ގޯލްޑް ކަޕްގައި މީދޫ ޓީމަށް އަށް ގޯލު ޖަހައިދީފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ އިންމި އާއި ފުވައްމުލަކު ސިޓީ ޓީމަށް ކުޅޭ ގާނާގެ ފޯވާޑް، ކޯފީ އޮވޫސޫ އެެވެ. ދެ ކުޅުންތެރިން ވެސް ވަނީ އަށް ގޯލު ޖަހައިފަ އެެވެ. އެކަމަކު، ކޯފީ ވަނީ އިންމި އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އައްޑޫ އަށް ލީޑުނަގައިދިނީ ކްލަބް އީގަލްސް އިން ރިލީސް ހޯދައިގެން މިއަދުގެ މެޗުގައި ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލުންނެވެ. އީގަލްސް އަށް އައްޑޫ އިން ވަނީ ރިލީސް ފީގެ ގޮތުގައި 100،000 ރުފިޔާ ދައްކައިފަ އެވެ. ދެ ވަނަ ހާފުގައި އިސްމާއިލް އީސާ (މެސީ) ވަނީ އައްޑޫގެ ލީޑުފުޅާކޮށްދީފަ އެވެ.

މީދޫން 63 ވަނަ މިނިޓްގައި ފުރަތަމަ ގޯލު ޖެހީ އިންމި އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އޭނާ ވަނީ ހަމަޖެހިލައިފައި މަތީ ކަނަށް ޕެނަލްޓީން ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ހާފުގެ މެދެއްހާ ހިސާބުން އިންމި ފޮނުވާލި ބޯޅަ އައްޑޫގެ ކީޕަރު ބޯމަތިން އޮއްސިގެންނެވެ.

އޭގެ ފަހުން، ފުރަތަމަ ޑިވިޝަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ އަށް ވެސް ކުޅުނު އަލީ ނާފިއު (ކަޅޭ) ވަނީ އޭރިއާބޭރުން އެއް ފަހަރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އައްޑޫ އަށް އަލުން ލީޑުނަަގައިދީފަ އެވެ. މީދޫ އަށް އެއްވަރުކޮށްދިން ގޯލު އިތުރު ވަގުތުގައި، އިންމި ކާމިޔާބުކުރީ ޕެނަލްޓީ އަކުން މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި ގްރޫޕްގައި ދެން ހިމެނެނީ، ޅ. ނައިފަރު އެވެ.

ގޯލްޑް ކަޕްގެ ދެ ވަނަ ބުރަކީ، 12 ޓީމުގެ މެދުގައި ކުޅޭ ގްރޫޕް ސްޓޭޖު ބުރެކެވެ. ހަތަރު ގްރޫޕަށް ބެހިފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ދެ ޓީމެއް ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox