މާފުށިން ވަރުގަދަ އޭދަފުށި ބަލިކޮށްފި

Dec 10, 2024, 12:50 AM
މާފުށި ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަހުމަދު މަމްދޫހު / ވަގުތު

މާފުށި ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަހުމަދު މަމްދޫހު / ވަގުތު

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުން ކ. މާފުށިން 2-0 އިން ބ. އޭދަފުށި ބަލިކޮށްފި އެވެ.

އޭދަފުށްޓަކީ މި ފަހަރުގެ ގޯލްޑް ކަޕްގައި ރޭގެ މެޗާ ހަމައަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން އައި ޓީމެކެވެ. އެކަމަކު، ރޭ މާފުށްޓާ ދެކޮޅަށް ކުޅެން ޖެހުމުން އޭދަފުށްޓަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި މުބާާރާތުގެ ފުރަތަމަ ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ އެެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި މާފުށިން ވަނީ ފުރަަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، މެޗުގެ 33 ވަނަ މިނިޓްގައި މާފުށީގެ ފުރަތަމަ ލަނޑު ޖެހީ، ފުރަތަމަ ޑިވިޝަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅޭ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. އަރިމަތިން ބޯޅަ ހިފައިގެން ދެ ކުޅުންތެރިއަކު ކައިރިން ދެމިގަތުމަށް ފަހު އިއްބެ ތިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެެވެ.

ފުރަތަމަ ހާފުގައި މާފުށްޓަށް ދެ ވަަނަ ގޯލެއް ޖަހަން ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އިއްބެ ބޮލުން ޖެހި ބޯޅައެއް އޭދަފުށީ ކީޕަރު، އަލީ އަޖުފާން އަމްޖަދު އަތުގައި ޖެހިފައި ގޯލު ކުރިމަތިން ލިބުނު ރީބައުންސް މުސްރިފު މޫސާ އަށް ލިބުމުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މެޗުގެ ތިން ޕޮއިންޓް މާފުށްޓަށް ޔަގީންކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އިސްމާއިލް މަފާޒް އިބްރާހިމް އެވެ. ފުރަަތަމަ ޑިވިޝަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ނަމުގައި ކުޅުނު ގިނަ ކުޅުންތެރިން ހިމެނޭ މާފުށީ ޓީމަށް މަފާޒް މި ގޯލު ޖަހައިދިނީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގަ އެވެ.

އޭދަފުށިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ކީޕަރު އަޖުފާން އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އަޖުފާނަށް ރަތް ކާޑު ދެއްކީ މާފުށީގެ އަހުމަދު އަބްދުލްސައްތާރަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

އަހުމަދު ޝަރީފް (ޑުންގާ)ގެ ކޯޗުކަމުގައި ކުޅޭ މާފުށިން މި ވަނީ މިފަހަރުގެ މުބާރާތުގައި ވަރުގަދަކޮށް ފެނުނު ދެ ޓީމެއް ބަލިކޮށްފަ އެވެ. އެއީ އަލިފުށްޓާއި އޭދަފުށްޓެވެ.

ގޯލްޑް ކަޕްގެ ދެ ވަނަ ބުރަކީ، 12 ޓީމުގެ މެދުގައި ކުޅޭ ގްރޫޕް ސްޓޭޖު ބުރެކެވެ. ހަތަރު ގްރޫޕަށް ބެހިފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. މާފުށްޓާއި އޭދަފުށީގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ، ހއ. ދިއްދޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox