ފުލުހުން މި މަހު ބާއްވާ ސައިބާ އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކު ސޮއިކޮށްފި އެވެ.
އަންނަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އެ އެކްސްޕޯގައި ދާއިރާގެ ތަޖުރިބާކާރުން ވާހަކަ ދެއްކެވުމުގެ އިތުރުން ސައިބާ ސެކިއުރިޓީއާ ގުޅޭ ސްޓޯލްތައް ވެސް ހުންނާނެ އެވެ.
އެމްއައިބީގެ ސްޓޯލްއެއް ވެސް އެކްސްޕޯގައި ހިމެނޭއިރު، އެ ސްޓޯލްއިން އެމްއައިބީން ފޯރުކޮށްދޭ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީ މޯބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން އަކީ ރައްކާތެރި ސަލާމަތީ ފިޔަވަޅު ވަރުގަދަ އެޕްލިކޭޝަނެކެވެ.
އެ ގޮތުން ޓޫ ފެކްޓާ އޯތެންޓިިކޭޝަންއާއި ބަޔޮމެޓްރިކް އަންލޮކިން ފަދަ ގިނަ ފީޗާތަކެއް އެމްއައިބީ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕްގައި ހުރެ އެވެ.
ފުލުހުން ބާއްވާ ސައިބާ އެކްސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަ ސެކިއުރިޓީ އަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.










