ޒާތީ މައުލޫމާތު އިންޓަސެޕްޓް ކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހެޅި ބިލުތައް ފާސްކޮށްފި

ޒާތީ މައުލޫމާތު އިންޓަސެޕްޓް ކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހެޅި ބިލުތައް ފާސްކޮށްފި

ސައިބާ ކްރައިމް އާއި ކަމާގުޅޭ އެ ނޫން ވެސް ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ޓަކައި ޒާތީ މައުލޫމާތު އިންޓަސެޕްޓްކޮށް މީހުންނަށް ފާރަލެވޭ ގޮތަށް ގާނޫނުތަކެއް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލުތައް މިއަދު ފާސްކޮށްފި އެވެ.

މިއަދު ދެ ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި, ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މި ގާނޫނުތައް ބަދަލުކުރުމާ އެކު ސައިބާ ކްރައިމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެ ކުށުގެ ބާވަތްތައް ބަޔާންކޮށް އެފަދަ ކުށްތައް ހުއްޓުވުމަށް ގިނަ ކަންކަން ކުރުމުގެ ބާރު ތަހުގީގީ އިދާރާތަކަށް ލިބިގެންދާނެ އެވެ. މައިގަނޑުގެ ގޮތެއްގައި ކުށް ހުއްޓުވުމަށް މީހުންގެ ޒާތީ މައުލޫމާތަށް އެކްސެސްވެވޭނެ މަގުފަހިވެގެންދާނެ އެވެ. މި ބިލުތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަދަލުކުރުމަށް ދެ ބިލެއް މަޖިލީހަށް ހުށަހެޅުމުން އެ ދެ ބިލަށް ވޯޓަށް އެހީ އެއްކޮށެވެ. އެ ހުށަހެޅުން ފާސްކުރީ 58 މެންބަރުންގެ ވޯޓާއެކު އެވެ. ޖުޑީޝަރީ ކޮމިޓީން ދިރާސާކުރި މި ދެ ބިލަށް ވެސް މާ ބޮޑު އިސްލާހުތަކެއް ކޮމިޓީ މަރުހަލާގައި ގެނެސްފައި ނުވެ އެވެ.

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ހުށަހެޅުއްވި ބިލަކީ ސައިބް ސްޕޭސްގައި ކުރާ ކުށްތައް ހުއްޓުވުމަށް އިޖުރާއަތްތަކެއް ކަނޑައަޅައި ތަންފީޒީ އިދާރާތަކަށް ގިނަ ބާރުތަކެއް ދީފައިވާ ބިލެކެވެ.

ބިލުގައި އިތުރުކުރި އިޖުރާއަތްތައް

  • ޒާތީ މައުލޫމާތު އިންޓަސެޕްޓް ކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތައް
  • މުއާސަލާތީ ހިދުމަތް ދޭ ފަރާތްތަކުން ކަސްޓަމަރުންގެ މައުލޫމާތު އަދި މުއާސަލާތީ ޑޭޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތް
  • ރައްކާ ކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ޕްރިޒާވުކޮށް ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމޭ ގުޅޭ އިޖުރާއަތް
  • ކޮމްޕިއުޓާ ޑޭޓާ އާއި ސަބްސްކްރައިބަރުންގެ މައުލޫމާތު ހޯދުމާށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތް
  • ރައްކާ ކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތް
  • އިންޓަނެޓް ޓްރެފިކް ޑޭޓާ ވަގުތުން ވަގުތަށް ނުވަތަ ރިއަލް-ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތްތައް.

ދެވަނަ ބިލަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވީ ސްކޭމް މައްސަލަތަކުގައި ހިމެނޭ މީހުންގެ އެކައުންޓުތައް ހިފެހެއްޓުމަށް ކޯޓު އަމުރު ނެރެ އެ އަމުރު ތަންފީޒު ކުރުމާ ގުޅޭ އިޖުރާއަތްތައް އިތުރުކުރަން ހިމަނާފައި އޮތް ބިލެކެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރުމުގެ ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލުގައި މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ ސައިބާ ކްރައިމްއާ ގުޅުންހުރި އަމަލުތަކަކީ ކުށްތަކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox