ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ރިވައިވަލް އަށް ދީފި

Dec 9, 2024, 4:23 AM
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ރިވައިވަލް އަށް ދީފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުމުގައި ހުރި މައްސަލަތަކުގެ ސަބަބުން ރިވައިވަލް ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ ދަތިތަކަށް ހައްލުތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ސްޕޯޓްސް މިނިސްޓްރީން ދީފި އެވެ.

ރިވައިވަލް އިން މިދިޔަ މަހު ޒެމްބިއާ އާއި ބޮޓްސްވާނާގައި ކުރިއަށްދިޔަ މުބާރާތްތަކުގައި ވާދަކޮށް ރާއްޖެ އަށް ހޯދައިދިން ކާމިޔާބީއާ ގުޅިގެން އެ މުބާރާތުގައި ބައިވެރިވި ޓީމާ އެކު، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

މި ދެ މުބާރާތުގައި ރިވައިވަލްގެ ކުޅުންތެރިންނާ އެކު ހިމެނިގެން، ގައުމީ ބެޑްމިންޓަން ޓީމުގެ ނަބީ އާއި ނަބާ ވާދަކުރީ، އެ ވަގުތު ގައުމީ ބެޑްމިންޓަން ޓީމުގެ ހަރަކާތެއް ވެސް ނެތުމާ އެކީ، އެސޯސިއޭޝަންގެ ހުއްދަ ހޯދައިގެންނެވެ.

ރިވައިވަލް އިން ޒެމްބިއާ އާއި ބޮޓްސްވާނާ މުބާރާތުގައި ކާމިޔާބު ހޯދައިގެން އައުމަށް ފަހު، ރިވައިވަލް އިން ކުރިއެކޭ އެއްގޮތަށް ހަފްތާ އަކު ތިން ދުވަހު ހެނދުނު ޕްރެކްޓިސް ކުރަން ކޯޓުހޯދަން އެދުމުން، ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފައިވަނީ، އޭރު ރިވައިވަލް އަށް އެ ގޮތަށް ކޯޓު ހަމަޖައްސައިދިނީ ގައުމީ ކޯޗު، ދެކުނު ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫން ޗުއްޓީއެއްގައި ހުރުމުން ކަމަށެވެ. އެކަމަކު، މިދިޔަ ދުވަސްތަކުގައި ވެސް ގައުމީ ޓީމުގެ ޕްރެކްޓީހެއް ނުހިނގައި، ކޯޓު ހުސްކޮށް އޮތުމުން، ރިވައިވަލް އަށް ގަސްދުގައި، ބެޑްމިންޓަން އެސޯސިއޭޝަނުން ކޯޓު ދޫނުކުރީ ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ.

މިނިސްޓަރު ރާފިއުއާ އެކު ބޭއްވި ބައްދަލުވުމުގައި ރިވައިވަލް އިން ވަނީ، ހަމަހަމަ އުސޫލެއްގެ ތެރެއިން ކޯޓު ލިބުމުގެ ދަތިތައް ހުރިކަން ފާހަގަކޮށްފަ އެވެ. އެއާ އެކު، މިނިސްޓަރު ރާފިއު ވަނީ، މި ވަގުތު ބެޑްމިންޓަން އެސޯސިއޭޝަނުގައި ހުރި މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތަކުން ރިވައިވަލް އިން ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނޭހެން، ރަން ކާމިޔާބީ ހޯދައިގެން އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީއިން މަރުޙަބާ ކިޔާފައިނުވަނީ، އެ މުބާރާތުގައި ބައިވެރިވެފައިވަނީ ކުލަބުން ކަމަށް ވާތީ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ އޭރު ބުނެފަ އެވެ. ރިވައިވަލް އިން އެ މުބާރާތްތަކަށް ފަހު ގައުމަށް އެނބުރި އައިއިރު، މިނިސްޓަރު ރާފިއު ގައުމުގައި ނެތުމާ އެކު، ކާމިޔާބު ހޯދި ކުޅުންތެރިންނާ އެކު މި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެެވެ.

ބެޑްމިންޓަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މި އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. އެކަމަކު، މި ވަގުތު ވެސް ރަސްމީ ހައިސިއްޔަތުން ބެޑްމިންޓަން އެސޯސިއޭޝަނުން، އެންމެ އިސް ފަރާތެއްގެ ގޮތުގައި މުއާމަލާތު ކުރަމުން އަންނަނީ، އެ ހިންގާ ކޮމިޓީގެ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާ އެވެ. ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްގެ ވެބްސައިޓް ބުނާގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ، ޝާކިރު އެވެ. އަދި ޖެނެރަލް ސެކްރެޓަރީ އަކީ، މުހައްމަދު ނަސީރު އެވެ.

މިދިޔަ އޮގަސްޓް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެ މައްސަލައާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ކޯޓުން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށެވެ. އެ ނިންމުން އިސްތިއުނާފުކުރަން ބެޑްމިންޓަން އެސޯސިއޭޝަނުން ނިންމިއިރު، ރާއްޖޭގެ ބެޑްމިންޓަނުގެ ކުރިމަގާ ގުޅޭގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ވެސް ބައިވެރިވާ ގޮތަށް އަންނަނީ ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާއާ މަޝްވަރާކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox