ބާސެލޯނާ އަތުން ޕޮއިންޓް ގެއްލުމުގެ ފައިދާ ރެއާލުން ނަގައިފި

Dec 8, 2024, 3:46 AM
ބާސެލޯނާ އަތުން ޕޮއިންޓް ގެއްލުމުގެ ފައިދާ ރެއާލުން ނަގައިފި

މެޑްރިޑް (ޑިސެމްބަރު 8) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއާ 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަތުން ޕޮއިންޓް ގެއްލުމުގެ ފައިދާ ރެއާލް މެޑްރިޑުން ނަގައިފި އެވެ.

ރެއާލުން ވަނީ ރޭ ކުޅުނު މެޗުގައި ޖިރޯނާ އަތުން 3-0 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު، ރެއާލަށް ވަނީ އަނެއްކާ ވެސް ބާސެލޯނާއާ އެއްވަރަށް މެޗު ހަަމަކުރާއިރު އެއް ވަނަ އަށް އަރަން ފުރުސަތު ލިބިފަ އެވެ.

ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ 17 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 16 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 15 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ.

ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން 39 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ގޯލު ޖަހައި ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. މިއީ މި ފަހަރު ލީގުގައި ލެވަންޑޯސްކީގެ 16 ވަނަ ގޯލެވެ. މިއީ ސީޒަނުގައި ކުޅުނު 21 މެޗުން ލެވަންޑޯސްކީގެ 23 ވަނަ ގޯލެވެ.

ބެޓިސް ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ފުރަތަމަ ފަހަރަށް އެއްވަރުކުރީ، 68 ވަނަ މިނިޓްގައި ޖިއޮވާނީ ލޮ ސެލްސޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ، ބެޓިސްގެ ވިޓޯ ރޯކޭ އަށް ބާސެލޯނާގެ ފްރެންކީ ޑި ޔޯން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ފެރާން ޓޮރޭޒް ވަނީ ބާސެލޯނާ އަށް އަލުން ލީޑުނަގައިދީފަ އެވެ. ބެޓިސް އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި، އަސާނޭ ޑިއާއޯ ޖެހި ގޯލުންނެވެ.

ޖިރޯނާ ދަނޑުގައި ފުރަތަމަ ހާފުގައި ރެއާލުން ލީޑުނެގީ ޖޫޑް ބެލިންހަމް ޖެހި ގޯލުންނެވެ. މިއީ ސްޕެނިޝް ލީގުގައި މި ފަހަރު އޭނާ ޖެހިޖެހިގެން ލަނޑު ޖެހި ފަސް ވަަނަ މެޗެވެ. ރެއާލުން އަނެއް ދެ ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 55 ވަނަ މިނިޓްގައި ރެއާލުގެ އާޑާ ގުލާ ގޯލު ޖެހީ ބެލިންހަމް ދިން ބޯޅައަކުންނެވެ. އަދި އޭގެ ހަތް މިނިޓް ފަހުން، ލޫކަ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި، ކީލިއަން އެމްބާޕޭ ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox