ގާޑިއޯލާ އަށް މޮރީނިއޯގެ ހޫނު ރައްދެއް

Dec 7, 2024, 5:29 AM
ގާޑިއޯލާ އަށް މޮރީނިއޯގެ ހޫނު ރައްދެއް

ލަންޑަން (ޑިސެމްބަރު 7) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ކަމަށް ބުނެ، ދެއްކި ވާހަކައާ ގުޅިގެން ހޯސޭ މޮރީނީއޯ ރައްދުދީފި އެވެ.

ލީގުގައި ލިވަޕޫލް އަތުންް ދާދި ފަހުން ސިޓީ ބަލިވި މެޗުގައި، އެ ޓީމުގެ ކޯޗުކަމުން ގާޑިއޯލާ ވަކިކުރާނެ ކަމަށް ބުނެ، ލިވަޕޫލް ސަޕޯޓަރުން އަޑުގަދަކުރުމުން އެ އަށް ރައްދުދޭން ގާޑިއޯލާ ވަނީ އިނގިލީގެ އިޝާރާތުން ހައެއް ދެއްކުމަށް ފަހު، އޭނާ ހަ ޕްރިމިއާ ލީގު ތަށި ހޯދި ކަމަށް ބުނެފަ އެވެ.

މިއީ، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ، 2018 ވަނަ އަހަރު ޑިސެމްބަރުގައި ވަކިކުރުމުގެ ކުރިން، މޮރީނިއޯ ވެސް އޭނާ އަށް އިހުތިރާމްކުރަން ޖެހޭ ކަމަށް ބުނެ، ދެއްކި ވާހަކައަކާ ގުޅުވައިގެން ނޫސްވެރިން ވަނީ ގާޑިއޯލާއާ ސުވާލުކޮށްފަ އެވެ.

"އެއީ އަހަންނަށް ވެސް ދިމާވި ގޮތެކޭ ނުބުނެވޭނެ. އޭނަ (މޮރީނިއޯ) އަށް ލިބުނީ ތިން ތަށި، އަހަންނަށް ލިބުނު ހަ ތަށި. ތަށީގެ ގޮތުން ބަލާއިރު އެއީ އަހަރެމެން ފެންނާނެ ގޮތަކީ،" ގާޑިއޯލާ ބުންޏެވެ.

މި ވަގުތު ތުުރުކީގެ ފެނަބާޗޭގެ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަ މޮރީނިއޯއާ ވަނީ ގާޑިއޯލާގެ މި ޖަވާބާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. މޮރީނިއޯ ދިން ޖަވާބުގައި ވަނީ، ސިޓީން 2009 -2018 އަށް މާލީ ގަވާއިދުތަކާ ހިލާފުވި ކަމުގެ 115 މައްސަލައިގެ ތަހުގީގާ ގުޅުވައިފަ އެވެ.

"ގާޑިއޯލާ އަހަންނާ ބެހޭގޮތުން ވާހަކައެއް ދައްކާފައި ހުރި ކަމަށް މައުލޫމާތު ލިބެނީ. އަހަންނަށް ތިން ތަށި އޭނާ އަށް ހަ ތަށި ލިބުނު ކަމަށް. އަހަރެން ކާމިޔާބު ހޯދީ އިންސާފުވެރިކަމާއި ސާފުތާހިރު ގޮތަކަށް،" މޮރީނިއޯ ބުންޏެވެ.

"އަހަރެން ބަލިވިއްޔާ އިދިކޮޅު ޓީމަށް ހުންނާނީ މަރުހަބާ ކިޔައިފައި. އެއީ އަަހަންނަށް ވުރެ މޮޅުވީމަ، އެކަމަކު، އަހަރެން މޮޅުވެފައި ހުންނާނީ 150 ވަރަކަށް ކޯޓު ކޭސްތަކަކާ ފައިޓް ކުރަމުންނެއް ނޫން،"

މޮރީނިއޯ، ޕްރިމިއާ ލީގުގައި ތިން ތަށި ހޯދާފައިވަނީ، ޗެލްސީގައި ހުރެ އެވެ. އޭނާ ވަނީ ޔުނައިޓެޑްގައި ހުރެ، 2017/2018 ވަނަ އަހަރުގެ ސީޒަނުގައި ސިޓީގެ ފަހަތުން ދެ ވަނަ ހޯދައިފަ އެވެ. އޭނާ ވަނީ ސިޓީ އަތުން އެ ތަށި އަތުލަން ނިންމައިފިނަމަ އެއީ އޭނާ އަށް އިތުރުވާނެ ތަށްޓެއް ކަމަށް ބުނެފަ އެވެ.

ގާޑިއޯލާ އާއި މޮރީނިއޯގެ ކުރިމަތިލުންތައް ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ފެނިގެންގޮސްފަ އެވެ. އެއީ، މޮރީނިއޯ މީގެ ކުރިން، ޗެލްސީ، އިންޓަ މިލާން، ޔުނައިޓެޑް އަދި ޓޮޓެންހަމްއާ ހަވާލުވެހުރިއިރާއި، ގާޑިއޯލާ، މީގެ ކުރިން، ބާސެލޯނާ، ބަޔާން މިއުނިކް އަދި ސިޓީގައި ކޯޗުކޮށްދިންއިރުގައި އެކި މެޗުތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox